twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ހޯރަފުށި އެއާޕޯޓު ކުރު މުއްދަތެއް ތެރޭ ނިންމާލުމުގެ ފަހަތުގައި އެމްޓީސީސީ އެމްޑީގެ ލީޑަރޝިޕް

Nov 21, 2020

މިމަހު 19 ވަނަ ދުވަހު ހުޅުވިގެން ދިޔަ ހއ ހޯރަފުށި އެއާޕޯޓަކީ މި ސަރުކާރުގެ ފުރަތަމަ އެއާޕޯޓު މަޝްރޫއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދިޔަ މި މަޝްރޫއު ނިންމާލާފައިމިވަނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ތެރޭގައެވެ. މިއީ ރާއްޖޭގައި އެއާޕޯޓުގެ މަޝްރޫއެއް އިއުލާންކުރެވި ހިދުމަތަށް މިހާ ކުރުމުއްދަތެއްގެ ތެރޭގައި ހުޅުވުނު ފުރަތަމަ އެއާޕޯޓުކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ ސަރުކާރުން އެއާޕޯޓު އެޅި އެހެން ރަށްތަކެކޭ އެއްގޮތަށް ހޯރަފުށި އެއާޕޯޓުވެސް އަޅާފައިވަނީ ބިން ހިއްކައިގެންނެވެ. އެގޮތުން އެއާޕޯޓު އެޅުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކާފައެވެ. ބިން ހިއްކާ މަސައްކަތް ފެށުމަށް ފަހު އެއާޕޯޓު ހުޅުވުމާއި ހަމައަށްވެސް އެމްޓީސީސީން ދިޔައީ ބާރު ދުވެއްޔެއްގައި މަސައްކަތް ކުރަމުންނެވެ. މިކަމުގައި އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމްގެ ލީޑަރޝިޕް ވަރަށް ރަނގަޅަށް ފެނިގެން ގޮސްފައި ވެއެވެ. މަސައްކަތް ވަގުތައް ނިންމުމަށްޓަކައި ހުރިހާ ކަމެއްވެސް އާޒިމް ގެންދެވީ ވަރަށް ގާތުން ބައްލަވަމުންނެވެ. އެގޮތުން މަސައްކަތުގެ ސަރަހައްދަށް ވަރަށް ގިނައިން ވަޑައިގެން މަސައްކަތް ހިނގާ ނުހިނގާގޮތް ބައްލަވަމުން ގެންދެވި އެވެ.

އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމްވެސް ވަނީ އާޒިމްގެ މަސައްކަތަށް ތައުރީފު ކުރައްވާ ވާހަކަ ދައްކަވާފައެވެ، އެގޮތުން މި މަޝްރޫއު ކާމިޔާބުވުމުގެ އެއް ސަބަބަކީ އެމްޓީސީސީން އަދާކުރި ދައުރު ކަމަށާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފެނިވަޑައިގަތީ ކޮންޓްރެކްޓަރެއްގެ ބަދަލުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުއްދުމަށް ރެއާއި ދުވާލު ކެނޑިނޭޅި މަސައްކަތްކުރެއްވި ވަރުގަދަ ލީޑަރެއް ގޮތުގައި ކަމަށް ސަލީމް ވިދާޅުވި އެވެ. އަދި "އެމްޓީސީސީން އެ މުގުރާލި ރެކޯޑަކީ އުއްމީދު އާވެގެންދިޔަ ރެކޯޑެއް،" ކަމަށްވެސް ވިދާޅުވި އެވެ.

ހޯރަފުށި އެއާޕޯޓުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވުނު އިރު އެ ކުންފުނިން ދިޔައީ އިތުރު 3 އެއާޕޯޓެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކުޅުދުއްފުއްޓާއި، ފުނަދޫ އަދި މާވަރުލު އެއާޕޯޓުގެ މަސައްކަތެވެ. އެހެންކަމުން ހޯރަފުށި އެއާޕޯޓު އަހަރެއްހާ ދުވަސްތެރޭ ނިންމާލާއި ހިދުމަތަށް ހުޅުވާފައިވާއިރު މި މަޝްރޫއަށް އެމްޓީސީސީން ދިން އަހަމިއްޔަތުން ފެނިގެން ދެއެވެ.

އެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ފާހަގަ ކުރައްވާ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައިވެސް އެމްޑީ އާދަމް އާޒިމްއަށާއި އެމްޓީސީސީއަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރި ހޯރަފުށި އެއާޕޯޓަކީ 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއެކު ތަރައްގީ ކުރެވުނު އެއާޕޯޓެކެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ވަނީ ގާއިމްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355