twitterviber whatsapp telegramfacebookyoutube instagram
27th April 2024

ފެބްރުއަރީ މަހު ދައުލަތުގެ ޓެކްސް އާމްދަނީއަށް 994 މިލިއަން

ޚަދީޖާ އާދަމް
Mar 10, 2021

މިއަހަރުގެ ފެބްރުއަރީ މަހު ދައުލަތަށް ޓެކްސް އާމްދަނީގެ ގޮތުގައި 994.12 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މީރާއިން ބުނީ މިއީ ފެބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 41.2 ޕަސެންޓް އިތުރު އަދަދެއް ކަމަށާއި އާމްދަނީ އިތުރުވީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގިނައިން ޓޫރިސްޓުން އައިސްފައިވުމުން ކަމަށެވެ.

ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރި މުއްދަތު އިތުރުވެފައިވާތީ، އެއާޕޯޓު ޓެކްސް އާއި ފީ އަދި ގްރީން ޓެކްސް އިން ލިބުނު އާމްދަނީ އިތުރުވެފައިވާކަމަށް މީރާ އިން އާންމުކުރި ހިސާބުތަކުން ދައްކައެވެ.

އެ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ ތެރޭ ޑޮލަރުން ލިބުނު 41.71 މިލިއަން ޑޮލަރުވެސް ހިމެނެ އެވެ. ފެބްރުއަރީ މަހު ލިބުނު އާމްދަނީގެ 67.7 ޕަސެންޓަކީ ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. ޖީއެސްޓީގެ ގޮތުގައި 672 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ ލިބިފަ އެވެ.

ދެވަނަ އަށް އެންމެ ގިނަ އާމްދަނީ ލިބުނީ އިންކަމް ޓެކުހުގެ ގޮތުގައެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިދިޔަ މަހު 107 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 10.8 ޕަސެންޓެވެ. އެއާޕޯޓު ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 34 މިލިއަން ރުފިޔާ ލިބުނުއިރު، އެއާޕޯޓު ސާވިސް ޗާޖުގެ ގޮތުގައި ލިބުނީ 33.4 މިލިއަން ރުފިޔާ އެވެ.

މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 63.5 މިލިއަން ރުފިޔާ ލިބުނުއިރު އެއީ ޖުމްލަ އާމްދަނީގެ 6.4 ޕަސެންޓެވެ.

ބިޒްނަސް ޕާމިޓް ދޫކޮށްގެން އެ މުއްދަތުގައި 4.6 މިލިއަން ރުފިޔާ ލިބުނުއިރު ޖޫރިމަނާގެ ގޮތުގައި 10.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މީގެ އިތުރުން ރެޒިޑެންޓް ޕާމިޓް ދޫކޮށްގެން މިިދިޔަ މަހު 15.9 މިލިއަން ރުފިޔާ، ނަން ޓޫރިޒަމް ޕްރޮޕަޓީ އިންކަމްގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

ފެބްރުއަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ލިބިފައިވާކަމަށް މީރާގެ ހިސާބުތައް ދައްކަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355