twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހދ އަތޮޅު ކައުންސިލްގެ ވޮލީބޯޅަ މުބާރާތް ފަށައިފި

ޚަދީޖާ އާދަމް
Mar 13, 2021
3

ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީބޯލް ޓޯނަމެންޓް ފަށައިފި އެވެ. އަންހެން އަދި ފިރިހެން ދެ ކެޓަގަރީން ކުރިއަށްގެންދާ މި މުބާރާތުގެ ފުރަތަމަ މެޗު ކުޅެފައިވަނީ ހުކުރު ދުވަހުއެވެ.

ފިރިހެނުން ގެ ޓޯނަމެންޓުގައި ޖުމްލަ 6 ޓީމަކުން ބައިވެރިވެފައިވާއިރު ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 28 ވަނަ ދުވަހުއެވެ.

ފިރިހެނުންގެ ޓޯނަމެންޓުގައި ބައިވެރިވެފައިވަނީ:

  • ނޮޅިވަރަންފަރު އެސްސީ
  • ނޭކުރެންދޫ ވީޓީ
  • ހިރިޒިލް / ހިރިމަރަދޫ
  • ޓީމް ކުޅުދުއްފުށި
  • ސާއްބަ / ހަނިމާދޫ
  • ވައިކަރަދޫ ވީޓީ

ރޭގެ މެޗުގައި ބައްދަލުކޮށްފައިވަނީ ނޮޅިވަރަންފަރު އެސްސީ އާއި ނޭކުރެންދޫ ވީޓީ އެވެ. މި މެޗުން މޮޅުވެފައިވަނީ ނޮޅިވަރަންފަރު އެސްސީއެވެ.

އަންހެނުންގެ ޓޯނަމެންޓުގައި ބައިވެރިވެފައިވަނީ:

  • ލައިކަން / ނޮޅިވަރަންފަރު
  • ހިރިޒިލް / ހިރިމަރަދޫ
  • ހަނިމާދޫ ޒެޑްޖޭ
  • ޓީމް ނޮޅިވަރަމް
  • ޓީމް ނައިވާދޫ
  • ޓީމް ކުޅުދުއްފުށި
  • ކުމުންދޫ އެސްސީ

އަންހެންނުން ޓޯނަމެންޓުގެ ރޭ ބައްދަލުކޮށްފައިވަނީ ނޮޅިވަރަންފަރުގެ ލައިކަންއާއި ހަރިމަރަދޫގެ ހިރިޒިލް އެވެ. މި މެޗުން މޮޅުވެފައިވަނީ ލައިކަންއެވެ.

މި މުބަރާތް ހޯސްޓު ކުރަނީ ނޮޅިވަރަންފަރު ކައުންސިލުންނެވެ. މިރޭވެސް ޓޯނަމެންޓްގެ ދެ މެޗު އޮންނާނެއެވެ. އަންހެނުންގެ ޓޯނަމެންޓުން މިރޭ ބައްދަލުކުރާނީ ޓީމް ނައިވާދު އާއި ޓީމް ކުޅުދުއްފުއްޓެވެ. ފިރިހެނުންގެ ޓޯނަމެންޓުން މިރޭ ބައްދަލު ކުރާނީ ހިރިޒިލް އާއި ޓީމް ކުޅުދުއްފުއްޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355