twitterviber whatsapp telegramfacebookyoutube instagram
7th March 2026

ކުޅުދުއްފުށި ވޮލީބޯލް އެރީނާ ހުޅުވައިފި

ނަބީލާ އިސްމާޢީލް
Mar 27, 2024

ކުޅުދުއްފުށީ ސްޓޭޑިއަމްގައި ތަރައްގީކުރި ދެ ވޮލީބޯލް އެރީނާގެ މަސައްކަތް ނިންމާ ރޭ ރަސްމީކޮށް ހުޅުވައިފި އެވެ. މި އެރީނާގައި ރެސްޓްރޮމްއަކާއި ލައިވްކުރެވޭ ހަޓެއްވެސް ގާއިމްކޮށްފައިވެ އެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ރަށު ސްޓޭޑިއަމްގައި ތަރައްޤީކޮށްފައިވާ ވޮލީބޯލް އެރީނާ ހުޅުވުމުގެ ރަސްމިއްޔާތު ރޭ ބާއްވާފައިވާއިރު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އެ އެރީނާ ހުޅުވައިދެއްވީ ރައްޔިތުން މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފެވެ.

އެންމެ ފުރަތަމަ މި ދެ ކޯޓްގެ މަސައްކަތް ޔޫތް މިނިސްޓްރީން 2021 ވަނަ އަހަރު ހަވާލުކުރީ ކޯޕައިން އިންވެސްޓްމެންޓް ކިޔާ ކުއްފުންޏަކާ އެވެ. އެހެންނަމަވެސް މަސައްކަތްކުރިއަށްނުދާތީ ކައުންސިލުން އެދިގެން އެގްރިމެންޓް ބާތިލުކުރީ އެވެ.

ކުރީގެ ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކޮށްގެން އަލުން މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރުމަސް ތެރޭގަ އެވެ. މިމަޝްރޫއު ފަހުން ކުރިއަށްގެންދިޔައީ ބެންޒީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

މި މަސައްކަތް ބެންޒީއާ ހަވާކުރީ 1.5 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށެވެ.

ޒަމާނީ ވޮލީބޯލް އެރީނާ ހުޅުވުން ވެގެންދާނީ ކުޅުދުއްފުށީގައި މި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމަކަށްކަން ޔަގީނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355