twitterviber whatsapp telegramfacebookyoutube instagram
30th April 2024

ތިލަދެކުނު ވޮލީ މުބާރާތުގެ ގިނަ ކާމިޔާބީތައް ހަނިމާދޫއަށް

އަބްދުލް ވާހިދު ޙަސަން
Nov 15, 2023

ހދ އަތޮޅު ކައުންސިލުން ބާއްވާ ތިލަދެކުނު ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޒަންގެ ޗެމްޕިއަންކަން ހަނިމާދޫ ހޯދިއިރު އަންހެން ޗެމްޕިއަންކަން ނޮޅިވަރަންފަރު ހޯދައިފި އެވެ.

ހދ ވައިކަރަދޫގައި ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ބައިގެ ފައިނަލްގައި ބައްދަލުކުރީ ނޮޅިވަރަންފަރުގެ ލައިކަން އާއި ހަނިމާދޫ އެވެ.

ފިރިހެން ބައިގެ ޗެމްޕިއަންކަން ހަނިމާދޫ ޓީމު ހޯދީ ކުޅުދުއްފުށީގެ ކުލަބް ކޮރަލްސްއާ ބައްދަލުކޮށްގެންނެވެ.

އަންހެން ޑިވިޒަން

- ބެސްޓް ކޯޗް / ލައިކަންގެ ކޯޗް، އަބުދުލް ރަޝީދު މުހައްމަދު
- ފެއަރ ޕްލޭ ޓީމް / ވިޔެސް (ވައިކަރަދޫ)

އެންމެ މޮޅު 6 ކުޅުންތެރިން (އަންހެން)

  • ހައްވާ ރާޝިދާ / ޓީމް ހަނިމާދޫ
  • އައިމިނަތު އަރީޝާ / ލައިކަން، ނޮޅިވަރަންފަރު
  • ފާތިމަތު ޖޫޒާން ޒަރީރު / ލައިކަން، ނޮޅިވަރަންފަރު
  • އައިޝަތު އުނެއިޝާ / ނޭކުރެންދޫ ޓީމް
  • މަލްދާ މަސްއޫދު / ޓީމް ހަނިމާދޫ
  • ހައްވާ ސަޙާ / ލައިކަން، ނޮޅިވަރަންފަރު

ފިރިހެން ޑިވިޒަން

- ބެސްޓް ކޯޗް / ޓީމް ހަނިމާދޫގެ މުހައްމަދު ނާސިރު
- ފެއަރ ފްލޭ ޓީމް / ޓީމް ހަނިމާދޫ

އެންމެ މޮޅު 6 ކުޅުންތެރިން (ފިރިހެން)

  • އިސްމާއިލް ސާޖިދު / ޓީމް ހަނިމާދޫ
  • އާދަމް ނަސީމް / ޓީމް ނައިވާދޫ
  • އާދަމް ފައިރޫޒް / ކްލަބް ކޮރަލްސް، ކުޅުދުއްފުށި
  • އަލީ މައުރޫފް / ޓީމް ހަނިމާދޫ
  • އަލީ ޝިމާލް / ޓީމް ނައިވާދޫ
  • ޝުވައިބު އަބުދުލް ލަތީފް / ޓީމް ހަނިމާދޫ

ކޮންމެ ޑިވިޒަންއެއްގެ ޗެމްޕިއަންޓީމަށް -/35000 އަދި ރަނަރަޕް ޓީމަށް -/15000 ގެ ފައިސާގެ އިނާމުދީފައިވެ އެވެ. މި މުބާރާތުގެ ގިނަ ކާމިޔާބީތައް ހޯދީ ހަނިމާދޫ ޓީމެވެ.

މިއަހަރުގެ މުބާރާތުގައި ފިރިހެން ޑިވިޒަންގައި 4 ޓީމު އަދި އަންހެން ޑިވިޒަންގައި5 ޓީމު ބައިވެރިވެފައިވާއިރު ފިރިހެން ޑިވިޒަންގެ ޓީމްތަކަކީ ، ޓީމް ހަނިމާދޫ، ވައިކަރަދޫ ވިޔެސް ވޮލީ ޓީމް، ކުޅުދުއްފުށި ކުލަބް ކޮރަލްސްގެ އިތުރުން ޓީމް ނައިވާދޫއެވެ.

އަންހެން ޑިވިޒަންގައި ހިމެނެނީ ނޮޅިވަރަންފަރު ލައިކަން، ޓީމު ހަނިމާދޫ، ނޭކުރެންދޫ ވިމެންސް ވޮލީ ޓީމް އަދި ވައިކަރަދޫ ޓީމް ވިޔެސް އާއި ކުޅުދުއްފުށި ހިރަފުސް ސްޕޯޓްސް ކުލަބެވެ.

މިއަހަރުގެ މި މުބާރާތު ހޯސްޓްކޮށްފައިވަނީ ވައިކަރަދޫ ވިޔެސް ޖަމިއްޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355