twitterviber whatsapp telegramfacebookyoutube instagram
10th February 2025

ވޮލީކޯޓްގެ އަމަލީ މަސައްކަތް އަލުން ފަށައިފި

އަބްދުލް ވާހިދު ޙަސަން
Nov 1, 2023

ކުޅުދުއްފުށީ ސްޓޭޑިއަމްގައި ތަރައްގީކުރާ ދެ ވޮލީކޯޓްގެ އަމަލީ މަސައްކަތް އަލުން ފަށައިފި އެވެ.

އެންމެ ފުރަތަމަ މި ދެ ކޯޓްގެ މަސައްކަތް ޔޫތް މިނިސްޓްރީން 2021 ވަނަ އަހަރު ހަވާލުކުރީ ކޯޕައިން އިންވެސްޓްމެންޓް ކިޔާ ކުއްފުންޏަކާ އެވެ. އެހެންނަމަވެސް މަސައްކަތްކުރިއަށްނުދާތީ ކައުންސިލުން އެދިގެން އެގްރިމެންޓް ބާތިލުކުރީ އެވެ.

ސިޓީ ކައުންސިލާ ހަވާލުކޮށްގެން އަލުން މަސައްކަތް ފަށާފައިވާއިރު މިހާރު މިމަޝްރޫއު ކުރިއަށްގެންދަނީ ބެންޒީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

މި މަސައްކަތް ބެންޒީއާ ހަވާކުރީ 1.5 މިލިއަން ރުފިޔާއަށް 90 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށެވެ. ބެންޒީއާ މަޝްރޫއު ހަވާލުކޮށްފައިވާކަން ސިޓީ ކައުންސިލުން ހާމަކޮށްފައިވަނީ މިހުސްވި އޮކްޓޯބަރުމަހު އެވެ.

ވޮލީކޯޓް ތަރައްގީކުރުން ލަސްވުމުގެ ސަބަބުން ވޮލީއަށް ލޯބިކުރާ ގިނަ ބަޔަކު އަންނަނީ ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355