twitterviber whatsapp telegramfacebookyoutube instagram
19th April 2024

ވިލާ ކޮލެޖު މެއި އިންޓޭކުގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

ޚަދީޖާ އާދަމް
Mar 24, 2021

ވިލާ ކޮލެޖުގެ 2021 ވަނަ އަހަރުގެ މެއި އިންޓޭކުގެ ކޯސްތަަކަށް އެޕްލައި ކުރުމުގެ ފުރުސަތު ހުޅިވާލައިފި އެވެ. ވިލާ ކޮލެޖުން ބުނީ މެއި އިންޓޭކުގައި 100 އަށް ވުރެ ގިނަ ޕްރޮގްރާމެއް ފެށުމަށް ވަނީ ހަމަޖެހިފަ ކަމަށެވެ.

އެގޮތުން ސެޓުފިކެޓު ލެވެލް 3 އިން ފެށިގެން މާސްޓާސް ޑިގްރީ އާ ހަމައަށް ކިޔެވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ޖުމްލަ 102 ޕްރޮގްރާމުގެ ތެރެއިން 79 ޕްރޮގްރާމަކީ އޮންލައިންކޮށް ކިޔެވޭ ޕްރޮގްރާމްތައް ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

މެއި އިންޓޭކުގައި ފުރުސަތު ހުޅުވާލާ ދާއިރާ ތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، އެޑިއުކޭޝަން، ޝަރީއާ، ލޯ، އިސްލާމް، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމެންޓް، އިކޮނޮމިކްސް،އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް،އިންޖިނިއަރިންގ، ރިސާޗް. ނާސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް އަދި މެރިން ސްޓަޑީސް ހިމެނެ އެވެ.

މީގެ އިތުރުން ވިލާ ކޮލެޖުން ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެންޑާ ގުޅިގެން ހިންގާ އިންޓަނޭޝަނަލް ޕުރޮގުރާމް ތަކުގެ ތެރޭގައި އެމް.އެސް.ސީ ނާސިން، ބީ.އެސް.ސީ ނާސިން، އެމް.ބީ.އޭ ޕްރޮގްރާމުތައް ހިމެނެއެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓަށް ފީ ދެއްކޭނެ އިންތިޒާމްވެސް މިހާރު ލަމަޖެހިފައިވާ ކަމަށާއި އޭގެ އިތުރުން ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާކޮލެޖުގެ ހުރިހާ ބެޗެލާސް ޑިގްރީ ޕްރޮގްރާމެއް ކިޔެވުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާ ކަމަށްވެސް ވިލާ ކޮލެޖުން ބުންޏެވެ.

ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ކޯސްތަކުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ 24 އެޕްރިލް 2021. މި ކޯސްތަކަށް ވިލާކޮލެޖުގެ ވެބްސައިޓްwww.villacollege.edu.mv މެދުވެރިކޮށް އޮންލައިންކޮށް އެޕްލައި ކޮއްލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355