twitterviber whatsapp telegramfacebookyoutube instagram
18th March 2025

ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

Mar 16, 2025

ވިލާ ކޮލެޖުގެ 2025 ވަނަ އަހަރުގެ މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މީގެތެރޭގައި ހިމެނެނީ މާސްޓަރސް ފެންވަރުގެ 30 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި ޕޯސްޓް ގްރެޖުއޭޓް ސެޓްފިކެޓް ފެންވަރުގެ 27 ކޯހަކާއި، ޑިގްރީ ފެންވަރުގެ 51 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 54 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 18 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯހެވެ.

މި އިންޓޭކްގައި ޕްރޮގްރާމްތައް ފެށުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގް (އިންކްލޫސިވް އެންޑް ސްޕެޝަލް އެޑިއުކޭޝަން، އާރލީ ޗައިލްޑްހުޑް އެޑިއުކޭޝަން، ޕްރައިމަރީ، އިސްލާމް، ޤުރްއާން، ދިވެހި، އިނގިރޭސި، ސެކަންޑްރީ ބިޒްނަސް ސަބްޖެކްޓްސް، ސެކަންޑަރީ ސައިންސް ސަބްޖެކްޓްސް) ,ޝަރީޢާ، ލޯ، ޓޫރިޒަމް އެންޑް

ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް، އޭވިއޭޝަން މެނޭޖްމެންޓް، އިންޓަނޭޝަނަލް ބިޒްނަސް، އިކޮނޮމިކްސް، މާކެޓިންގގެ ކޯސްތައް ހިމެނެ އެވެ.

އަދި އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، ހިއުމަން ރިސޯސް، ރިސާރޗް ސްޓަޑީސް، ނަރސިންގ، ޕަބްލިކް ހެލްތްް

،އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން، ހެލްތް ސަރވިސަސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ކައުންސެލިން، ޑާޓާ ސައިންސް، ސައިކޮލޮޖީގެ ދާއިރާއިން ސެޓްފިކެޓް ލެވެލް އިން މާސްޓަރސް ލެވެލްއަށް ޕްރޮގްރާމްތައް ހިމެނިފައިވާނެއެވެ

މިކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކާއި، ޔުނިވާސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑް، މެލޭޝިއާގެ ޔުނިވަރސިޓީ އޮފް ސައިބަރޖާޔާ އަދި ޓޭލަރސް ޔުނިވަރސިޓީގެ ޕްރޮގްރާމްތައް ހިމެނެއެވެ.

މި އިންޓޭކުގައި ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ވިލާކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުގެ ތެރެއިން އިންޖިނިއަރިންގ، ޓީޗިންގ، ނާރސިންގ އަދި ފާރމަސީ ދާއިރާގެ ކޯސްތައް ފިޔަވާ ހުރިހާ ކޯހެއްވެސް އޮންލައިންކޮށް ހެދުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލެވިފަ އެވެ.

ވިލާ ކޮލެޖުގެ އެންމެ ބޮޑު ފޯކަސްއަކީ ވިލާކޮލެޖުން ނިކުންނަ ގްރެޖުއޭޓުންނަކީ އިލްމީގޮތުން، ހުނަރުގެ ގޮތުން އަދި މަސައްކަތުގެ އަހުލާގީ މިންގަނޑުން ބެލިކަމުގައި ވިޔަސް ދުނިޔޭގެ ވަޒީފާގެ ބާޒާރަށް ގާބިލު ބަޔަކަށް ހެދުމެވެ. މިގޮތުން ކިޔަވައި ދިނުމުގެ އެކި އެކި މަރުހަލާތަކުގައި ދަރިވަރުންނާއި އިންޑަސްޓްރީ އާއި ގުޅުވާލަދީ، އިންޑަސްޓްރީ އެކްސްޕޯޝަރ ލިބޭނެ އިންތިޒާމް ހުރިހާ ޕްރޮގްރާމެއްގައި ވެސް ހިމެނިފައިވާކަން ފާހަގަ ކުރެވެއެވެ.

ވިލާ ކޮލެޖުގެ މެއި އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ވިލާ ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ޗެކް ކުރެވޭނެ އެވެ.

ވިލާ ކޮލެޖުގެ ކޯސްތަކަށް ފީ ދެއްކުމުގެ ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެ ބޭނުމުގައި ދަރރިވަރުން ފީ ދެއްކުމަށް ހަމަޖެހިފައިވަނީ ކޯހުގެ ފީ މަންތްލީ އިންސްޓޯލްމަންޓްތަކަކަށް ބަހާލައިގެންނެވެ. އަދި، ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމްތަކަށް ވެސް ކިޔެވޭނެއެވެ.

ވިލާ ކޮލެޖަކީ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވަރސިޓީ ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިންގްގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ. މިގޮތުން ވިލާ ކޮލެޖުވަނީ ކިއު އެސް ސްޓަރ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޕްލޯޔަބިލިޓީ، އޮންލައިން ލާރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ.

މޭ އިންޓޭކްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅޭނީ 19 އޭޕްރީލް 2025 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355