ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގައި މިފަހަރުވެސް މާސްޓަރސް އޮފް ނާސިންގ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާސްޓާރ އޮފް ސައިންސް އިން ނާސިންގ (އިންޓަނޭޝަނަލް):
އެއް އަހަރު ދުވަހުގެ މި ޕްރޮގްރާމަކީ ނަރސިންގ ދާއިރާއިން ބެޗްލަރސް ޑިގްރީ ހައްދަވައިގެން ތިއްބެވި ފަރާތްތަކަށް ބޭނުންވާ އިތުރު ހުނަރާއި މައުލޫމާތު ހިމަނައިގެން ފަރުމާ ކުރެވިފައިވާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ އިނގިރޭސިވިލާތުގައި ކުރިއަރަމުން އަންނަ ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލެންޑްގެ ޕްރޮގްރާމެކެވެ. ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑަކީ އިނގިރޭސިވިލާތުގެ ސަރުކާރުން ޔުނިވަރސިޓީ ތަކުގެ ފެންވަރު ވަޒަން ކުރަން ބޭނުންކުރާ މިންގަނޑެއްކަމަށްވާ ޓީޗިންގ އެކްސެލެންސް ފްރޭމްވޯރކް (ޓެފް) ގެ ގޯލްޑް ސްޓޭޓަސް ލިބިފައިވާ ޔުނިވަރސިޓީ އެކެވެ.
މިއީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއެއްގެ ޕްރޮގްރާމެއް ކަމުގައި ވިޔަސް ކިޔަވައިދޭނެ މޮޑިއުލްތައް ހޮވާލުމުގައި ރާއްޖޭގެ މާހައުލާއި ގުޅޭ އަދި މި ދާއިރާއިން ރާއްޖެއަށް ތަމްރީން އެންމެ މުހިއްމު ދާއިރާތަކަށް އިސްކަން ދެވިފައިވާނެއެވެ. މި ގޮތުން ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރަމުންދާ މީހުން ބެލެހެއްޓުމާއި, ނަފުސާނީ ދުޅަހެޔޮކަމަށާއި އާއި ސަބްސްޓޭންސް މިސްޔޫސް އަދި އޮކިއުޕޭޝަން ހެލްތް ފަދަ ދާއިރާތަކަށް ބަލާލެވިފައިވާނެއެވެ.
ޔޫވީގެ މި ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ނަރުހުންނަކީ ތަފާތު އެކި އެކި ހާލަތް ތަކުގައި މަސައްކަތް ކުރަންޖެހޭ ބައެއްކަން ދަނެގަނެ އެފަދަ ހާލަތްތަކަށް ހޭނުމާއި އަދި ނަރުހުންގެ ކިބައިގައި ހުންނަން ޖެހޭ އެކި އެކި ހުނަރުތައް ތަރައްޤީ ކުރުމާއެކު މިދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއެރުވުމުގައި އިސް ދައުރެއް އަދާ ކުރާނެ މީހުން ބިނާ ކުރުމަށް ސަމާލުކަށް ދީގެންނެވެ.
އެގޮތުން މި ޕްރޮގްރާމްގައި ލީޑަރޝިޕް މޮޑިއުލް އެއްގެ އިތުރަށް ސިއްހީ ދާއިރާއިން ދިރާސާ ކުރުމާއިބެހޭ މޮޑިއުލްއެއް ވެސް ވަނީ ހިމެނިފައިވެއެވެ. ހަމަ އެއާއެކު ހާލުދެރަ ބަލި މީހުންދެނެގަތުމާއި އެފަދަ ބަލިމީހުންނަށް ފަރުވާދިނުމާއި ބެލެހެއްޓުމާއި ބެހޭ ގޮތުން ފަރުމާ ކުރެވިފައިވަ މޮޑިއުލްއެއްވެސް މި ޕްރޮގްރާމްގައި ހިމެނިފައެވެއެވެ.
މިއީ މިދާއިރާއިން ޕީ.އެޗް.ޑީ ހެދުމުގެ ވިސްނުން ހުރި ބޭފުޅުނަށް ވެސް މުހިއްމު ޕްރޮގްރާއްމެއް ކަމަށް ވިލާ ކޮލުޖުން ފާހަގަ ކުރެއެވެ.
މި ކޯހަށް ވަނުމަށް ބޭނުންވާ މައިގަނޑު ޝަރުތަކީ، ބެޗެލަރ އޮފް ސައިންސް އިން ނާސިންގ ނިމިފައިވުމާއެކު، މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގައި ރެޖިސްޓަރވެ، ލައިސެންސް ލިބިފައިވުމެވެ. އިތުރު މައުލޫމާތު ތިރީގައިވާ ލިންކަށް ފިތާލުމުން ލިބިލައްވާނެއެވެ.
ވިލާ ކޮލެޖުގެ މޭ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ވިލާ ކޮލެޖުގެ ވެބްސައިޓުން އޮންލައިންކޮށް އެޕްލައިކޮށް އަދި އެޕްލިކޭޝަންގެ ސްޓޭޓަސް ޗެކް ކުރެވޭނެ އެވެ.
ވިލާ ކޮލެޖަކީ، އެންމެ ފުޅާދާއިރާއެއްގައި ދުނިޔޭގެ ޔުނިވަރސިޓީ ތަކުގެ ފެންވަރު ވަޒަން ކުރާ އެއް ސިސްޓަމް ކަމަށްވާ ކިއު.އެސް ރޭޓިންގްގައި އެކްސެލެންސަށް ރޭޓް ކުރެވިފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި އިންސްޓިޓިއުޓެވެ. މިގޮތުން ވިލާ ކޮލެޖުވަނީ ކިއު އެސް ސްޓަރ ރޭޓިންގައި 3 ދާއިރާއަކުން 5 ތަރީގެ ދަރަޖައިގައި ރޭޓް ކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޕްލޯޔަބިލިޓީ، އޮންލައިން ލާރނިން އަދި އެންވަޔަރަމަންޓަލް އިމްޕެކްޓް އެވެ.
މޭ އިންޓޭކްގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމް ހުށަހެޅޭނީ 19 އޭޕްރީލް 2025 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. ކޯސްތަކުގެ މައުލޫމާތު ވިލާކޮލެޖުގެ ވެބްސައިޓް www.villacollege.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މައުލޫމާތު ވިލާކޮލެޖު ކުޅުދުއްފުށީ ކެމްޕަހުގެ ނަންބަރު 7980611 އަށް ގުޅުއްވައިގެން ނުވަތަ ވައިބާރ ކޮށްލައްވައިގެން ހޯދާލެވޭނެއެވެ.