twitterviber whatsapp telegramfacebookyoutube instagram
22nd December 2025

އޭ ލެވެލް އިމްތިހާން އޭޕްރިލް މަހަށް އަވަސްކޮށްފި

Mar 27, 2021

އޭ ލެވެލް އިމްތިހާން، އަންނަ މަހަށް އަވަސްކޮށްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން މިއަދު ބުނެފި އެވެ.

ކުރިން އޭލެވެލް އިމްތިހާން ބާއްވަން ނިންމާފައިވަނީ މޭ/ޖޫން ގައެވެ. އޭ ލެވެލް ބާއްވަން ކުރިން އޮތް ތާރީޙަށް އެޑެކްސެލް މިހާރު ގެނެސްފައިވާ ބަދަލުން އެނގެނީ އޭ ލެވެލް ފަށާނީ އަންނަ އެޕްރީލް 26ގައި ކަމެވެ.

މުޅި ދުނިޔޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލްނުކުރެވި ކުރިއަށް ދާތީ އޭލެވެލް އިމްތިހާން އަންނަ މެއި/ޖޫންގައި ނުބާއްވާން ވެސް އެޑެކްސެލް އިން މިދިޔަ ފެބުރުއަރީ މަހު ރާއްޖެއަށް ވެސް އެންގި އެވެ. އެކަމަކު ރާއްޖެއިން ކުރި މަސައްކަތާ އެކު މެއި/ޖޫންގައި އޭ ލެވެލް ބޭއްވުމުގެ ފުރުސަތު އެޑެކްސެލްއިން ދިނީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެ އެވެ.

ޑީޕީއީ ހިންގުމާ ހަވާލުވެ ހުންނެވި މުހައްމަދު އިހްސާން ވިދާޅުވީ އެޑެކްސެލް އިން ގެނައި ބަދަލާ ގުޅިގެން ސްކޫލުތަކާއި ދަރިވަރުންނަށް އެކަމުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.

ކޮވިޑްގެ ސަބަބުން މިދިއަ އަހަރު ރާއްޖޭގައި އޯ ލެވެލް ވެސް ބާއްވާފައެއް ނުވެ އެވެ. ފަސްކުރި އޯ ލެވެލް ފަށާނީ މޭ މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355