twitterviber whatsapp telegramfacebookyoutube instagram
22nd October 2024

ޓީޗަރަކަށްވާން ބޭނުންވެގެން އޭލެވެލް ފަށާ ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ އެލަވަންސެއް ދެނީ

ނަބީލާ އިސްމާޢީލް
Aug 3, 2024

އޭލެވެލް އަށް ކިޔެވުމުގެ މަރުހަލާ ފަށާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށް ވާން ބޭނުންވާ ކުދިންނަށް 1،500 ރުފިޔާގެ އެލަވަންސެއް ދިނުމަށް ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓީވީއެމްގެ "ހެނދުނު ހެނދުނާ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަމަށް ހައްލެއް ގެނައުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ނިސްބަތަށް ބަލާއިރު، 10،000 އެއްހާ ޓީޗަރުންގެ ތެރެއިން 2،000 ޓީޗަރުންނަކީ ބިދޭސީންކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެކަން ބަދަލުކޮށް ތައުލީމީ ނިޒާމުގައި ތިބި ޓީޗަރުންގެ ތެރޭގައި ދިވެހި ޓީޗަރުން ގިނަ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ދަރިވަރުން އޭލެވަލް ނިންމާއިރު ޕްރައިމަރީ ގްރޭޑްގެ މުދައްރިސަކަށް ވުމުގެ ފައުންޑޭޝަން ލެވެލްގެ މިންގަނޑުތަކަށް ފެތޭނެއެވެ. ޓީޗިން ދާއިރާއަށް ޝައުގުވެރިކަން ފާޅުކޮށް، މި އެއްބަސްވުމުގެދަށުން ކިޔަވާ ދަރިވަރުންނަށް މަހުންމަހަށްދޭ ހާއްސަ އެލަވަންސްއެއްވެސް ދިނުމަށް ނިންމާފައިވާކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުހައްމަދު ވިދާޅުވިއެވެ. މި ބަދަލު އަންނަ މަހު ފަށާ އޭލެވެލްގެ އާ ބެޗާއެކު ގެންނާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

"މިއަހަރު އޭލެވަލްއަށް ވަންނަ ކުދިންގެތެރެއިން ޓީޗިން ދާއިރާ ހިޔާރުކުރާ ކުދިންނަށް ސްޓައިޕެންޑް އެލަވަންސްއެއް ދޭން ވަނީ ނީންމާފައި. އެއީ 1500 ރުފިޔާގެ އެލަވަންސްއެއް. މިކަން ކުރާނީ ދަރިވަރު އަދި ބެލެނިވެރިންނާއެކު ހަދާ އެއްބަސްވުމެއްގެދަށުން" ތައުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެލަވަންސެއް ދިނީމަ، އެ ކުއްޖާއަކީ ވަކި މާއްދާއަކުން ޓީޗަރަކަށް ވާން ބޭނުންވާ ދަރިވަރެއް ކަން އަންގާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355