twitterviber whatsapp telegramfacebookyoutube instagram
17th August 2026

ކައުންސިލް މެމްބަރު ހުސެއިން އަދި އަލީވެސް ނާކާމިޔާބު!

އަބްދުލް ވާހިދު ޙަސަން
Apr 17, 2021

ހދ އަތޮޅު ކައުންސިލް މެމްބަރުގެ ތެރެއިން މިފަހަރު، ކައުންސިލް އިންތިހާބުގައި ނުކުންނެވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން ހަސަން އާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދެވެ. މި ދެ ބޭފުޅުން ނުކުންނެވީ އެ ބޭފުޅުންގެ ރަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއަށެވެ.

އެހެންނަމަވެސް ދެ ބޭފުޅުންނަށްވެސް މިފަހަރު ކުރިމަތިލީ ނާކާމީޔާބީއާ އެވެ.

މިދައުރުގައ އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަގާމު ފުރުއްވަމުންދާ ހަނިމާދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު، ހިރިމަރަދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރައްވައިގެން ލިބިލެއްވީ 96 ވޯޓެވެ. އެ ގޮނޑި 160 ވޯޓާއެކު ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް މުހައްމަދު ވަހީދެވެ.

ތިން ބޭފުޅުން ކުރިމަތިލެއްވި އެ ގޮނޑިން އެންމެ މަދުން ވޯޓު ލިބިލެއްވީ އަމިއްލަ ކެންޑިޑޭޓް އަހުމަދު އާސިފެވެ. އޭނާއަށް 65 ވޯޓް ލިބިލެއްވި އެވެ. އެރަށުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ 410 މީހުން ތިބިއިރު 336 މީހުން ވަނީ ވޯޓްލާފަ އެވެ.

ހދ އަތޮޅު ކައުންސިލްގައި އެންމެ ހަރަކާތްތެރި އެއް ބޭފުޅެއްގެ ގޮތުގައި ފާއިތުވި ދެ ދައުރުވެސް ފާހަގަކުރެވުނު ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން މިފަހަރު ނުކުންނެވީ ނޮޅިވަރަންފަރު ރަށު ކައުންސިލަށެވެ. އެމްޑީޕީ ޓިކެޓްގައި ނުކުންނެވި ހުސެއިންއަށް ލިބިލެއްވީ 339 ވޯޓެވެ.

އެ ގޮނޑިއަށް ދެ ބޭފުޅުން ވާދަކުރެއްވިއިރު ޕީޕީއެމްގެ ކެންޑިޑޭޓް 486 ވޯޓާއެކު ވަނީ ގޮނޑި ނަގާފަ އެވެ. އެރަށުގައި 1385 މީހުން ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު 943 މީހަކު ވަނީ ވޯޓްލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355