twitterviber whatsapp telegramfacebookyoutube instagram
20th May 2025

އިންތިހާބުގެ ދެވަނަ ބުރުގެ ރީރަޖިސްޓްރީއަށް ހުޅުވާލައިފި

ޚަދީޖާ އާދަމް
Apr 27, 2021
1

އަންނަ މެއިމަހު 1 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ރީރަޖިސްޓަރީވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ރީ ރަޖިސްޓްރީއަށް ފުރުސަތު އޮތީ މިއަދު ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށެވެ.

އިލެކްޝަން ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ވާންޖެހޭނީ ހއ. އުލިގަމާއި ނ. މަގޫދޫ އާއި ރ. މާކުރަތާއި ބ. ކެންދޫ އާއި ބ. ކިހާދޫ އާއި ވ. ފުލިދޫ އާއި މ. ރަތްމަންދޫ އާއި ފ. ދަރަނބޫދޫގެ އިތުރުން ލ. ކަލައިދޫ ރައްޔިތުން ކަމަށެވެ.

މި ރަށްރަށުގެ ތެރެއިން ރަށަކަށް ނުވަތަ މާލެ އަށް ރަޖިސްޓަރީވެފައިވާ މީހުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ރަށަކަށް ރަޖިސްޓަރީވާން އެދޭ މީހުން މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީވުމަށް އެކޮމިޝަނުން ވަނީ އެދިފައެވެ.

އެކޮމިޝަނުން ބުނީ ވިލިމާލެ އާއި ހުޅުމާލެގައި ރަޖިސްޓަރީވެފައިވާ މީހުން ވަނީ މާލެއަށް ބަދަލު ކޮށްފަ ކަމަށާއި އަދި މާލެ ފިޔަވާ އެހެން ތަނެއްގައި ރަޖިސްޓަރީކޮށްފައިވާ މީހެއްނަމަ ވާނީ ދާއިމީ އެޑްރެހަށް ބަދަލު ކޮށްފަ ކަމަށެވެ.

ރީ ރަޖިސްޓްރީވާން އެދޭ މީހުން ފޯމް ހުށައަޅާނީ މާލޭގައި ނަމަ އިންތިހާބާބެހޭ މައިމަރުކަޒު ބާ ޖަމާލުއްދީން އަށެވެ. އަދި ރަށްރަށުގައި ނަމަ ކައުންސިލް އިދާރާ އަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355