twitterviber whatsapp telegramfacebookyoutube instagram
18th April 2024

ނުހޮވުނުކަމުގައި ވިޔަސް ރަށުގެ ތަރައްގީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރާނަން: ހުސެއިން

އަބްދުލް ވާހިދު ޙަސަން
Apr 19, 2021

ކައުންސިލް އިންތހާބުގައި މިފަހަރު ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހުނުކަމުގައި ވިޔަސް ރަށުގެ ތަރައްގީއަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނެކަމަށް ނޮޅިވަރަންފަރު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލެއްވި ހުސެއިން ހަސަން ވިދާޅުވި ވެއްޖެ އެވެ.

މިދިޔަ ދެ ދައުރުގައިވެސް ނޮޅިވަރަމް ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރުކަން ކުރެއްވި ހުސެއިންއަށް މިފަހަރު ނާކާމިޔާބީއާ ކުރިމަތިލީ، ނޮޅިވަރަންފަރު ކައުންސިލްގެ ރައީސްގެ މަގާމަށް ކުރިމަތިލައްވައިގެންނެވެ.

ދެ ކެންޑިޑޭޓުން ވާދަކުރެއްވިއިރު ހުސެއިން އެމްޑީޕީގެ ޓިކެޓްގައި ނުކުންނަވައި ލިބިލެއްވީ 339 ވޯޓެވެ. އެ ގޮނޑި ނެގީ ޕީޕީއެމް ކެންޑިޑޭޓް އަބުދުﷲ ނަދީމެވެ. އޭނާއަށް ލިބިލެއްވީ 486 ވޯޓެވެ.

ހުސެއިންއަށް ވޯޓްދިން ފަރާތްތަކަށް ޝުކުރުއަދާކުރައްވާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިފަހަރު ނުހޮވުނުކަމުގައި ވިޔަސް ރަށުގެ ތަރައްގީ އާއި ރައްޔިތުންގެ ފައިދާއަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނެކަމަށެވެ.

"އަޅުގަނޑު މިފަހަރު ނުހޮވުނު ކަމުގައިވިއަސް ނޮޅިވަރަންފަރުގެ ތަރައްގީއާއި ރައްޔިތުންގެ ފައިދާއަށް ކުރެވެން އޮތް ކޮންމެ މަސައްކަތެއް ކުރާނަމެވެ." އަތޮޅު ކައުންސިލް މެމްބަރު ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ތެރެއިން ރަށަށް ގެނެވެން އޮތް ކޮންމެ މަޝްރޫއެއް ގެނައުމަށްވެސް މަސައްކަތްކުރާނެ ކަމަށާ އަދި ފަރުދުންގެ ތަފާތު ކުރުން ނައްތާލައި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމަށް އަބަދުވެސް އަޑުއުފުލާނެކަމަގެ ޔަގީންކަން ދޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355