twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކޯރަމް ހަމަނުވި ޖަލްސާއަށް ވަޑައިނުގެންނެވުނު ސަބަބުން ހުސެއިން ވިދާޅުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Nov 11, 2020
1

ހދ އަތޮޅު ކައުންސިލުން މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި 158 ވަނަ އާންމު ބައްދަލުވުމަށް ނޮޅިވަރަމް ދާއިރާގެ ކައުންސިލަރު ވަޑައިނުގެންނެވުނު ސަބަބުން ވިދާޅުވެދެއްވައިފި އެވެ.

ފަސް މެމްބަރުން ތިއްބަވާ އެ ކައުންސިލުން އެ ދުވަހު ބޭއްވި ބައްދަލުމަށް ވަޑައިގެންނެވީ ދެ މެމްބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް މުހައްމަދު ވަސީމާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އާދަމް އަލީ އެވެ. އެހެންވުމުން ކޯރަމް ހަމަނުވުމުގެ ސަބަބުން އެދުވަހު ބައްދަލުވުންވަނީ ކެންސަލްކޮށްފަ އެވެ.

މިދިޔަ އަންގާރަ ދުވަހު އެކައުންސިލުން ބޭއްވި 159 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން ހަސަން ވިދާޅުވީ، އެ ދުވަހު ހުންނެވީ ވަރަށް މަބުރޫރު އުޒުރަކާ ހެދި އާއިލީ ޒިންމާގައި ކަމަށެވެ. އޭނާ ވިދާޅުވިގޮތުގައި އެ ދުވަހު ހުންނެވީ އަންހެނުން ވިހަންވެގެން އާއިލީ ޒިންމާގައި ކަމަށާ މިރޭ ސިޒޭރިއަން ހެދުމަށް އެޑްމިޓްކޮށްފައިވާ ކަމަށެވެ.

" އަޅުގަނޑު ހުރީ މީހަކު ނަގާނެ އެންމެ ބޮޑުއެއްކަމެއްގައި އާއިލީ ޒިންމާ ނަގައިގެން." ހުސެއިން ވިދާޅުވި އެވެ.

ރިޔާސަތުން އެދުވަހު ކަންތައްތައް ކުރެއްވި ގޮތާމެދު ހިތްހަމަނުޖެހި ހުންނަވައިގެން ހުސެއިން ވިދާޅުވީ، ނޫސް ކިޔާލުމުން ފާހަގަކުރެވުނީ ހަމައެކަނި މެމްބަރުން ނާންނަކަށް އެކަނި ކަމަށާ މެމްބަރުން އެދުވަހު ހަމަނުވީ ކީޢްވެކަން ރިޔާސަތު ވިދާޅުވެފައިނުވާކަމަށެވެ. މީޑިއާގެ ސަމާލުކަން އަންނަ ޖަލްސާތަކުގައި މެމްބަރުން ވަޑައިނުންނަވަންޏާ އެ ސަބަބުން ހާމަކޮށްދެއްވަން ރިޔާސަތު ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މީޑިއާތަކުން އެބޭފުޅުންގެ މަސައްކަތަށް ކަވަރުކުރާތީ އުފާކުރާ ކަމަށާ ވީހާވެސް ގިނަ މީޑިއާތަކަކުން އެ ބޭފުޅުންގެ މަސައްކަތްތައް ބަލައި ރަނގަޅުކުރުމަށް މަސައްކަތްކޮށްދިނުމަށް ހުސެއިން އެދިލެއްވި އެވެ.

ހުސެއިންގެ އިތުރުން އެދުވަހު ވަޑައިނުގަންނަވަނީ ނައިބު ރައީސް އަދި ހަނިމާދޫގެ ދާއިރާގެ މެމްބަރު އަލީ މުހައްމަދާއި އަދި މަކުނުދޫ ދާއިރާގެ މެމްބަރު އިބުރާހިމް އަލީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355