twitterviber whatsapp telegramfacebookyoutube instagram
29th August 2026

ހދ އަތޮޅު ކައުންސިލްގެ ރައީސްއަށް ސިރާޖު

އަބްދުލް ވާހިދު ޙަސަން
Apr 25, 2021

ހދ އަތޮޅު ކައުންސިލްގެ ރައީސްގެ މަގާމު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ސިރާޖު ކާމިޔާބުކުރައްވައިފި އެވެ. ވައިކަރަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ސިރާޖު އެ ގޮނޑި ކާމިޔާބުކުރެއްވީ 4831 ވޯޓުންނެވެ.

އެ ގޮނޑިއަށް ސިރާޖުގެ އިތުރުން ތިން ބޭފުޅަކު ވާދަކުރެއްވި އެވެ. އެ ތިން ބޭފުޅުންނަކީވެސް ކުޅުދުއްފުއްޓަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.

ސިރާޖާ އެންމެ ވާދަކުރެއްވީ ޕީޕީއެމް ޓިކެޓްގައި ނުކުންނެވި އަބުދުއްރައްޒާޤު އަހުމަދެވެ. އޭނާއަށް 3739 ވޯޓު ލިބިލެއްވި އެވެ.

އަމިއްލަ ގޮތުން ވާދަކުރެއްވި އާދަމް މުހައްމަދަށް 1406 ވޯޓް ލިބިލެއްވިއިރު އެންމެ މަދު ވޯޓު ލިބިލެއްވީ ހުސެއިން އަލީ އަށެވެ. އަމިއްލަ ގޮތުން ނުކުންނެވި ހުސެއިނަށް ލިބިލެއްވީ 837 ވޯޓެވެ.

އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ވޯޓްލުމުގެ ހައްގު ލިބިގެންވާ 19123 މީހުންނަށް ތިބިއިރު އެ ވޯޓްގައި ބައިވެރިވެ ވޯޓްލީ 13697 މީހުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355