twitterviber whatsapp telegramfacebookyoutube instagram
19th April 2024

މިހާރު އުރީދޫ 5ޖީގެ ހިދުމަތް އައިފޯން 12 ގެންގުޅުއްވާ ކަސްޓަމަރުންނަށް ލިބޭނެ

Apr 29, 2021

އައިފޯން 12 ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް މާލޭގެ ގިނަ ސަރަހައްދުތަކެއްގައި 5ޖީގެ ހަލުވި ސްޕީޑް މިހާރު ލިބޭނެކަމަށާއި 5ޖީ ގެ ހިދުމަތް ހޯދުމަށް އައިފޯން 12 ގެންގުޅުއްވާ ފަރާތްތަކުން އައިއޯއެސް 14.5 ނުވަތަ އެއަށްވުރެ ފަހުގެ ސޮފްޓްވެއަރއަކަށް އަޕްޑޭޓް ކުރުމުން ހިދުމަތްލިބިގެންދާނެއެވެ.

އުރީދޫ މޯލްޑިވްސްގެ 5ޖީ ނެޓްވޯރކް އާއި އެކު 5ޖީ ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް 2020ގެ ޑިސެމްބަރު މަހުގައި ވަނީ މާލޭގެ ބޮޑު ސަރަހައްދަކަށް ތައާރަފްކޮށްފައެވެ. މީގެ ތެރޭގައި ގިނަ ވިޔަފާރިތައް ހިންގާ ސަރަހައްދުތައް ހޮސްޕިޓަލް އަދި އާންމުން ދިރިއުޅޭ ސަރަހައްދުތައް ހިމަނާފައިވެއެވެ.

5ޖީ ޓެކްނޮލޮޖީ އާއި އެކު ލިބިގެންދާ ހައިސްޕީޑްގެ އިތުރުން އިންޓަނެޓާއި ކަނެކްޓްކުރުމުގައި ދިމާވާ ލަސްތައްވެސް އެތައްގުނައަކަށް ކުޑަވެގެންދާނެކަމަށާއި 5ޖީގެ ހަލުވި ސްޕީޑްގެ އިންޓަނެޓް ލިބިވަޑައިގަތުމާއިއެކު މެދުކެނޑުމެއްނެތި އިންޓަނެޓްގެ ހިދުމަތް ތަޖުރިބާކުރެވޭނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

އަދި އޮންލައިންކޮށް ގޭމް ކުޅުމުގައި ދިމާވާ ލަސްތަކަށް ހައްލެއް ލިބި، ފިލްމް އަދި ސީރީޒް ޑައުންލޯކޮށްލަން ވިޔަސް ނުވަތަ ސްޓްރީމް ކޮށްލަންވިޔަސް މާ ގިނަވަގުތު ނުނަގާ، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކޮށްލެވޭނެކަމަށް އުރީދޫއިން ބުންޏެވެ.

5ޖީ ގެ ހިދުމަތް އިތުރަށް ފުޅާކުރުމާއެކު މިހާރު އައިފޯން 12، ވާވޭ ޕީ40 ޕްރޯ، ސެމްސަންގް ގެލެކްސީ ނޯޓް 20، ނޯޓ 20 އަލްޓްރާ، ސެމްސަންގ ގެލެކްސީ އެސް 21، އެސް 21+، އެސް 21 އަލްޓްރާ ހޭންޑްސެޓްސް ގެންގުޅުއްވާ އުރީދޫ ޕޯސްޓްޕެއިޑް އަދި ޕްރިޕެއިޑް ކަސްޓަމަރުންނަށް އުރީދޫ 5ޖީ ގެ ހަލުވި ސްޕީޑް މިހާރު ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355