twitterviber whatsapp telegramfacebookyoutube instagram
19th March 2024

ކުޅުދުއްފުށީގައި ފްލޫ ކުލިނިކަށް ދެއްކި މީހަކު އަނެއްކާވެސް ޕޮޒިޓިވްވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 11, 2021
3

ކުޅުދުއްފުށި ސިޓީގައި ފުލޫ ކުލިިނިކަށް ދެއްކި މީހަކު އަނެއްކާވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ، މިއަދު ފުލޫ އޯޕީޑީއަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

ޕޮޒިޓިވްވެފައިވަނީ 34 އަހަރުގެ އަންހެނެކެވެ. އެ މީހާއަކީ އަލާމާތް ފެނިގެން ފްލޫ ކުލިނިކަށް ދެއްކި މީހެކެވެ.

އަދި ބެލެވޭ ގޮތުގައި މިއަދު ކުޅުދުއްފުށި ސިޓީ މޮނިޓަރިންއަށް ލާނެކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދު މިހާތަނަށް ވެސް ކުޅުދުއްފުށީގައި ބަލި ކޮންޓްރޯލް ކުރެވިފައި މި ވަނީ ކުޅުދުއްފުށީ ރައްޔިތުންނާއި، މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭ އެންމެހާ ދަރުމަވެރީންގެ އެހީތެރިކަމާއެކު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މެއިމަހު ދެވަނަ ދުވަހުވެސް ތިން މީހަކު ވަނީ ކުޅުދުއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އެ ތިން މީހުންނަކީވެސް ބަލީގެ އަލާމާތްތައް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި މީހުންނެވެ.

އަހުމަދު ވިދާޅުވީ، ބަލި ކޮންޓްރޯލު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއް ކަމަކީ މާސްކު އެޅުން ކަމުގައިވާއިރު ހުރިހާ ފަރާތްތަކުންވެސް މާސްކު އެޅުމުގެ އުސޫލުތަކާއި ކަރަންޓީނުގެ އުސޫލުތަކަށް ތަބާވުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އަދި އެކަކު އަނެކަކު ބައްދަލުވާއިރު އަދި ދަތުރު ކޮށްފައި ދާއިރު ވެސް މާސްކު އެޅުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވި އެވެ.

އަދި ފިހާރަތަކާއި، ޚިދުމަތް ދޭ އެހެން ތަންތަނުގައި ތިއްބަވާ ބޭފުޅުން ވެސް މާސްކު އެޅުމަށް އަހުމަދު ވަނީ އިލްތިމާސްކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355