twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލަންކާގެ ކަރަންޓީން އުސޫލަށް ބަދަލު ގެނެސްފައި ވާތީ ދިވެހިން ސަމާލުވާން އެދެފި

ޢަލީ ރަމީޒް
May 15, 2021

އަވައްޓެރި ލަންކާގެ ކަރަންޓީނު އުސޫލަށް ބަދަލު ގެނެސްފައި ވާތީ އެ ގައުމަށް ދަތުރު ކުރާ ދިވެހިން ސަމާލުވުމަށް ފޮރިން މިނިސްޓްރީއިން އެދެފި އެވެ.

ގައުމުގެ ސަރުކާރުން މިހާރު ނިންމާފައި ވަނީ އެގައުމަށް ދަތުރު ކުރާ ހުރިހާ އެންމެން 14 ދުވަހަށް ކަރަންޓީނު ކުރާށެވެ. އޭގެ ތެރޭގައި ވެކްސިން ދެ ޑޯޒް ހަމަކޮށްފައި ތިބި މީހުން ވެސް ހިމެނެ އެވެ. މިކަން މި ގޮތައް ކުރިޔަށް ގެންދަން ނިންމާފައި މިވަނީ ބާރު ސްޕީޑް އެއްގައި ބަލި ފެތުރެމުން ދާތީއެވެ.

މި އުސޫލަށް ބަދަލު ގެނައުމާއި ގުޅިގެން ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކަރަންޓީނު ވާން ޖެހޭނީ އެ ގައުމުގެ ސަރުކާރުން ކަނޑައަޅާފައިވާ ކަރަންޓީނު ހޮޓަލެއް، ކަރަންޓީނު ސެންޓަރެއް ނުވަތަ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ލެވެލް އެއްގެ ހޮޓަލެއްގައި ކަމަށެވެ.

ރާއްޖެއިން ލަންކާއަށްދާ މީހުންގެ ތެރެއިން ކްރިޓިކަލް ފަރުވާއަށް ބަލި މީހުން ގޮވައިގެންދާ މީހުންނަށް ލަންކާ ހެލްތު މިނިސްޓްރީ އާއި މަޑުކުރާ ހޮސްޕިޓަލުގެ ހުއްދައާ އެކު އެ ހޮސްޕިޓަލެއްގައި ވެސް 14 ދުވަހު ކަރަންޓީނު ވެވޭނެ ކަަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

އެ ގައުމަށް ދާ ދުވަހު ހަދާ ޕީސީއާރް ޓެސްޓާއި، ކަރަންޓީނުގެ 11 ވަނަ ދުވަހާއި 14 ވަނަ ދުވަހު ހަދާ ޕީސީއާރް ޓެސްޓު ނެގަޓިވްވުމަށް ފަހު ދުޖކޮށްލެވޭނރ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. ޓެސްޓުން އިސްތިސްނާވާނީ ހަމައެކަނި ދެ އަހަރުން ދަށުގެ ކުދިންނެވެ.

އެ ފިޔަވަޅުތަކަށް ލަންކާއަށްދާ ދިވެހީން ސަމާލުވުމަށާއި، އެ ފިޔަވަޅުތައް ބަދަލުވެދާނެތީ ދަތުރުކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ވެސް މިނިސްޓްރީއިން އެދިފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355