twitterviber whatsapp telegramfacebookyoutube instagram
18th April 2024

އިސްރޭލުން އަލްޖަޒީރާގެ އޮފީސް ބިމާ ހަމަކޮށްލައިފި

ޢަލީ ރަމީޒް
May 16, 2021

އިސްރޭލުން ގާޒާ ހިސާރުކޮށްފައި އޮންނަތާ އެތައް އަހަރެއް ވެފައިވާއިރު އިސްރޭލުން ގައްޒާގެ ލޮބުވެތި މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކުގެ ތަފްސީލް މުޅި ދުނިޔެއަށް ގެނެސްދިން އަލްޖަޒީރާ އާއި އެސޯސިއޭޓެޑް ޕްރެސްގެ އޮފީސް ހުންނަ އިމާރާތަށް ހަމަލާދީ ބިމާ ހަމަކޮށްލައިފި އެވެ.

މީޑިއާތަކުން ދޭ ރިޕޯރޓަށް ބަލާލާއިރު އަލްޖަޒީރާ އާއި އޭޕީގެ އޮފީހުގެ އިތުރުން އެތައް އޮފީހެއް ހުންނަ 11 ބުރީގެ އެ އިމާރާތް ބިމާއި ހަމައަށް ތިރި ކޮއްލުުގެ ކުރިން ސަލާމަތް ހޯދުމަށް އެދި އިންޒާރު ދީފައިވާކަމަށް ބުނެފައިވެއެވެ. މި އަމަލަކީ ދުނިޔެއަށް ޚަބަރުތައް ފޯރުކޮށްދިނުމަށް އެޅި ހުރަހެކެވެ.

މީޑިއާތައް ހުންނަ އިމާރާތް ގޮއްވައިލި އިރު އަލްޖަޒީރާއިން އެވަގުތުވެސް ވަނީ އެހާދިސާ ލައިވްކޮށް މީޑިއާތަކާއި ހިއްސާކޮށްފައެވެ.

ގާޒާގައި ހުންނަ އަލްޖަޒީރާގެ ކަރެސްޕޮންޑެންޓް ސަފްވަތު އަލް ކަހްލޫތު ބުނީ ފާއިތުވި 11 އަހަރު އޭނާ މަސައްކަތްކުރީ އަދި ދިރިއުޅުނީ ވެސް އެ އިމާރާތުގައި ކަމަށާއި އެ އިމާރާތް ކުއްލިއަކަށް ނެތިގެން ދިއަތަން ބެލުން ވެގެން ދިޔައީ ހިތްދަތި ކަމަކަށް ކަމަށެވެ."ހުރިހާ އެއްޗެއް ގެއްލިގެން ދިޔައީ އެންމެ ދެ ސިކުންތުގެ ތެރޭގައި،" އަލްޖަޒީރާ އިންގްލިޝްގެ ޚަބަރަށް އޭނާ ބުންޏެވެ.

އިމާރަތް ގޮއްވާލައިގެން ލިބުން ހިތްދަތި ކަމާއި އެކުވެސް އަލްޖަޒީރާ ކުރޫއިން ލައިވް ކަވަރޭޖް ކުރިއަށް ގެންދެވޭތޯ ވަނީ މަސައްކަތް ކޮށްފައެވެ.

އިޒްރޭލުން ފަލަސްތީނު މީހުންނަށް ދެމުންދާ ހަމަލާތަކުގަައި 140 އށް ވުރެން ގިނަ މީހުން ޝަހީދު ވެފައިވާއިރު އޭގެ ތެރޭގައި 39 ކުޑަކުދިން ހިމެނެ އެވެ. އޭގެ އިތުރުން 950 މީހުން ޒަހަމްވެ ގިނަ ބައެއްގެ އާއިލާތައް ވަނީ ގެއްލިފައެވެ.

ބޮން އެޅުމުގެ އިތުރުން ބޮޑުބަޑިއާއި ބަރުހަތިޔާރުތައް ސަރަހައްދީ ރޮނގަށް ޖަމާކޮށް، ގާޒާއަށް އެއްގަމުން އަރައިގަތުމަށް ވެސް އިޒްރޭލުން ދަނީ ތައްޔާރުވަމުންނެވެ.

ގާޒާ ކޮންޓްރޯލްކުރާ ހަމާސް އިން ވެސް ދަނީ އެޖަމާއަތުގެ އަތުގަައި ހުރި ނަމަ ހުރި ހަތިޔާރެއް އިޒްރޭލާ ދެކޮޅަށް ބޭނުންކުރަމުންނެވެ. އެގޮތުން ދިން ހަމަލާތަކުގައި އިޒްރޭލުގެ 10 ވަރަކަށް މީހުން މަރުވި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355