twitterviber whatsapp telegramfacebookyoutube instagram
11th December 2023

ފްރޮންޓްލައިން އެލަވެންސްގެ ގޮތުގައި 145 މިލިއަން ރުފިޔާ

ޚަދީޖާ އާދަމް
May 19, 2021
3

ކޮވިޑް-19 ގެ ދިފާއުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެލަވަންސްގެ ގޮތުގައި 145 މިލިއަން ރުފިޔާ ދީފި އެވެ.

ފިނޭންސް މިިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިިދިޔަ މަހު 29ގެ ނިޔަލަށް ސަރުކާރުން ވަނީ ފްރޮންޓްލައިންގައި މަސައްކަތްކުރާ 11,463 މުވައްޒަފަކަށް އެލަވަންސް ދޫކޮށްފަ އެވެ. ފްރަންޓްލައިން އެލަވަންސް އެންމެ ގިނައިން ލިބިފައި ވަނީ ސިފައިންނަށާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްއޭ)ގެ މުވައްޒަފުންނަށެވެ.

އެގޮތުން އެމްއެންޑީއެފްގެ މުވައްޒަފުންނަށް 48.5 މިލިއަން ރުފިޔާ، އެންޑީއެމްއޭގެ މުވައްޒަފުންނަށް 36 މިލިއަން ރުފިޔާ، ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް 33.9 މިލިއަން ރުފިޔާ އަދި ފުލުހުންނަށް 27.4 މިލިއަން ރުފިޔާ ވަނީ އެލަވެންސްގެ ގޮތުގައި ދީފައެވެ.

ކޮވިޑްއާ ގުޅިގެން ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެލަވަންސް ދޭން ފެށީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އެލަވަންސް ދިނުމަށް ސަރުކާރުން ނިންމީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮވިޑް ބަލި މީހުންނާ ދިމާވާ، ރިސްކު ބޮޑު މުވައްޒަފުންނަށް ދުވާލަކަށް 500 ރުފިޔާ، ހައި ރިސްކު މީހުންނާ ދިމާވާ ދެވަނަ ގިންތީގެ މުވައްޒަފުންނަށް ދުވާލަކަށް 250 ރުފިޔާ އަދި އެޗްއީއޯސީގައި އެހެނިހެން މަސައްކަތް ކުރާ އެންމެ ލޯ ރިސްކް މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާ ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355