twitterviber whatsapp telegramfacebookyoutube instagram
25th April 2024

14 ދުވަހަށްފަހު ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތުން އުވާލައިފި

ޚަދީޖާ އާދަމް
May 25, 2021
3

މިމަހު 11 ވަނަ ދުވަހު ކޮވިޑް ކޭސްއެއް ފެނުމާއި ގުޅިގެން ކުޅުދުއްފުށި މޮނީޓަރިންނަށް ލުމަށްފަހު ރޭ އެ ހާލަތު އުވާލައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތުން އުވާލިކަން އަންގާފައިވަނީ ރޭ ދަންވަރު 00:06 ގަ އެވެ.

މިވަގުތު ކުޅުދުއްފުށީ ކޮވިޑް ކޭސްތަކުގެ އަދަދު 17 އަށް އަރާފައިވާއިރު އިއްޔެވެސް ވަނީ 4 މީހަކު ޕޮޒިޓިވްވެފައެވެ. އެތަނުން 3 މީހުންނަކީ ރަށުން ބޭރުން އައުމަށްފަހު ކަރަންޓީންގައި 3 މީހުންނެވެ. އަދި އަނެއް މީހާއަކީ ކޮވިޑް ކޭސްއަކާއި ގުޅިގެން ކަރަންޓީން ކުރެވިފައިވާ މީހެކެވެ.

މިހާތަަނަށް ކުޅުދުއްފުށިން ނެގި ހުރިހާ ރޭންޑަމް ސާމްޕަލްތަކެއް ނެގެޓިވްކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355