twitterviber whatsapp telegramfacebookyoutube instagram
28th March 2024

ޒިނެދައިން ޒިދާން ރެއާލް މެޑްރިޑް ދޫކޮށްލައިފި

ޢަލީ ރަމީޒް
May 31, 2021
1

ޒިނެދައިން ޒިދާން ކްލަބް ދޫކޮށްކުލުމަށް ރިޒައިން ލާފައިވާ ކަމަށް ސްޕެނިޝް ކްލަބް ރެއާލް މެޑްރިޑުން ބުނެފިއެވެ.

”އަހަރެން ކްލަބް މި ދޫކޮށްލަނީ މި ޓީމުން އަހަރެންނާއި މެދު އިތުބާރު ނެތްކަން އަހަރެންނަށް އިހުސާސްވާތީ“ ޒިދާާން ބުނެފައިވެއެވެ.

ޒިދާންގެ މި ނިންމުމާއި ގުޅިގެން ރެއާލުން ބުނެފައިވަނީ ޒިދާންގެ ނިންމުމަށް އެންމެންވެސް އިހްތިރާާމް ކުރަން ޖެހޭކަމަށާއި ވޭތުވެ ދިޔަ އަހަރުތަކުގައި ޒިދާންގެ ހުނަރުން ކްލަބަށް ވެފައިވާ އެހީއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.

ރިއަލް މެޑްރިޑްގެ ހެޑް ކޯޗް ކަމާއި 2 ވަނަ ފަހަރަށް ހަވާލުވި ޒިދާާން އެންމެ ފަހުން އެއްބަސްވެފައިވަނީ 2022 ގެ ނިޔަލަށް ކްލަބްގެ ހެޑް ކޯޗުގެ މަގާމުގައި ހުރުމަށެވެ. އެހެންކަމުން މީގެ ކުރިން މިދިޔަ މެއި މަހުގައި ބައެއް ކުޅުންތެރިންގާތު ކޯޗުގެ މަގާމުން ދުރުވާނެ ކަމަށް ވަނީ ބުނެފައެވެ.

2016 ގައި އެންމެ ފުރަތަމަ ޒިދާން ރެއާލް އާއި ގުޅުނުއިރު 2018 ގެ ނިޔަލަށް ރެއާލްއެކު ޗެމްޕިއަންސް ލީގު ތަށި އުފުލާލާ ސްފެނިޝް ލީގުގެ ތަށި ވެސް ވަނީ އުފުލާލާފައެވެ.

ރެއާލް މެޑްރިޑުން ކޯޗްއެއް ހޯދުމަށް ކުރާ މަސައްކަތުގައި އެންމެ މަގުބޫލް މީހަކަށް ބުނެފައިވަނީ އަލޭގްރީއެވެ. ނަމަވެސް އަލޭގްރީގެ ކޯޗް ކަމުގެ ދަށުގައި ފަސް ފަހަރު އިޓާލިއަން ލީގު ނެގި ޖުވެންޓަސްއާ ގުޅުމަށް އަލޭގްރީ ވަނީ ނިންމާައެވެ. މިކަމާ ގުޅިގެން ދެން އެންމެ ގާތުން ބަލަމުންދާނީ މަޝްހޫރު އޭސީ މިލާާން ދޫކޮށްލި އެންޓޯނިއޯ ކޯންޓޭ އަށް ކަމަށްވެސް ރެއާލް އިން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355