twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކޮވިޑްގެ ނުތަނަވަސްކަމުގެ ތެރޭގައި ތިބި ނޭކުރެންދޫ ރައްޔިތުންނަށް މެންބަރު ރާއީގެ ބޮޑު އެހީއެއް

ޚަދީޖާ އާދަމް
Jun 3, 2021
7

ކޮވިޑް ކޭސްތަކެއް ފެނި މި ވަގުތު މޮނީޓަރިންގެ ހާލަތުގައި އޮތް ހދ ނޭކުރެންދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ މި ޖޫންމަހު ގޭބީސީތަކުގެ ކުނި ފީ އަދި ދަނޑުބިމުގެ ފީ ދައްކަވައި ދެއްވައިފި އެވެ.

ކޮމިއުނިޓީ ސްޕްރެޑެއްކަމަށް އިއުލާންކޮށްފައިވާ ނޭކުރެންދޫގައި މޮނީޓަރިންގެ ހާލަތަށް ގެނެސް ރަށުގެ ޓާސްކްފޯސްގެ ފަރާތުން ކާފިއު ހިންގާ ރައްޔިތުން ގެއިން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައި އޮންނަތާ ގާތްގަނޑަކަށް 9 ވަރަށް ދުވަސްވެފައިވާއިރު މެންބަރު ރާއީގެ ފަރާތުން ދެއްވި އެހީ ތެރިކަން އެރަށު ކައުންސިލުން ފާހަގަކުރެއްވި އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖް ވިދާޅުވި މިފަދަ ވަގުތެއްގައި މެންބަރު ރާއީ ދެއްވީ ވަރަށް ބޮޑު އެހީއެއްކަމަށާއި މިއީ މެންބަރު އަމިއްލައަށް އިސްނަގައިގެން ދެއްވި އެހީކަމަށެވެ.

އެރަށުގައި ކުނި އުކާލުމުގެ ހިދުމަތް ދެމުން ގެންދަނީ ކައުންސިލުންނެވެ. ސިރާޖު ވިދާޅުވީ އެ ހިދުމަތް 133 ގެއަކަށް ދެމުން ގެންދާކަމަށާއި އެކަމުގެ ފީއެއްގެ ގޮތުގައި ނަގަނީ ކޮންމެ ގެއަކުންވެސް 50 ރުފިޔާ ކަމަށެވެ. ދަނޑުވެރިކަމަށް 17 ދަނޑެއް ދޫކޮށްފައިވާއިރު ދަނޑެއްގެ ފީ އަކީ 30 ރުފިޔާކަމަށް ސިރަޖު ވިދާޅުވި އެވެ.

އެ ކައުންސިލުން ބުނީ މި ޖޫންމަހުގެ ކުނި ފީ އަދި ދަނޑުބިމުގެ ފީ ދައްކާފައިވާ ފަރާތްތަކަށް ޖުލައި މަހުގެ ފީ ދައްކަން ނުޖެހޭނެ ކަމަށެވެ.

އެރަށުގައި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދު މިހާރުވަނީ 60 އަރާފައެވެ. ސިރާޖު ވިދާޅުވީ މި ދަނޑިވަޅުގައި ޓާސްކްފޯސްއިން އަޅާފައިވާ ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355