twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޔޫރޯ 2020 އާއި ގުޅިގެން އުރީދޫގެ ފެންޓަސީ ލީގުގައި ވާދަކޮށް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

ޚަދީޖާ އާދަމް
Jun 8, 2021

ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރި އާއި ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020ގައި "އުރީދޫ ފެންޓަސީ ލީގް" ގެ ނަމުގައި ޓޯނަމެންޓެއް އިއުލާނު ކޮށްފިއެވެ. މިއީ މިގޮތަށް އުރީދޫ މޯލްޑިވްސްއިން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އާއި ގުޅިގެން އުރީދޫ ވޯލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓްވެސް އުރީދޫއިން ވަނީ ބާއްވާފައެވެ.

އުރީދޫއިން ބުނީ މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ލިބިގެންދާނެ ކަމަށެވެ.

އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުން ކަމުގައިވާ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސް އާއި ގުޅިގެން ލީގުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން:

- 1ވަނަ ހޯދާ ފަރާތަށް ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން

- 2ވަނަ ހޯދާފަރާތަށް ހައިސެންސް ބައި ރެޑްވޭވް ގެ ފަރާތުން ދޭ ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި

ސައުންޑް ބާ

- 3ވަނަ ހޯދާފަރާތަކަށް ސޮނީ ސްޕޯޓްސްއިން ދޭ އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ

ގިފްޓް ވައުޗާއެއް

- 4ވަނައިން ފެށިގެން 10ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗާއެއް

ޔޫރޯ 2020 ފެންޓަސީ ފުޓްބޯލް އަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެކެވެ. މި ގޭމުގައި ޕޮއިންޓް ލިބިގެންދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށެވެ. ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށްވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެއެވެ.

އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވުމަށް http://ore.do/fantasyeuro20 ޒިޔާރަތްކޮށްލައްވާށެވެ. ނުވަތަ 64OXKZRT08 ކޯޑް ބޭނުންކުރަން އުރީދޫއިން އެދެއެވެ.

އިތުރު މައުލޫމާތު ހޯދާލުމަށް http://ore.do/fantasy-terms އަށް ޒިޔާރަތްކޮށްލައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355