twitterviber whatsapp telegramfacebookyoutube instagram
25th April 2024

ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ނޭކުރެންދޫއަށް ރޯމަސް ހަދިޔާކޮށްފި

ޚަދީޖާ އާދަމް
Jun 9, 2021

މޮނީޓަރިންގެ ހާލަތުގައި އޮތް ހދ ނޭކުރެންދޫގެ ރައްޔިތުންނަށް އެހީވުމަށް ހދ ވައިކަރަދޫ ރައްޔިތުންގެ ފަރާތުން ރޯމަސް ހަދިޔާކޮށްފި އެވެ. އެގޮތުން އެރަށަށް ވައިކަރަދޫން ވަނީ 1780 ކިލޯގެ ރޯމަސް ހަދިޔާކޮށްފި އެވެ.

ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާހިރު ވިދާޅުވީ ރަށުގެ ހުރިހާ މުވައްސަސާތަކުގެ އިސްނެގުމާއެކު ފޯރުކޮށްދެވުނު އެހީއެއްކަމަށާއި މިކަމަށް ފަންޑުކޮށްފައިވަނީވެސް ހުރިހާ މުވައްސަސާތަކުން ގުޅިގެންކަމަށެވެ. އޭނާ ވިދާޅުވީ މިކަމުގައި ރަށުގައި ހުރިހާ އިދާރާތަކާއި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށެވެ.

ނޭކުރެންދޫއަށް ތަކެތި ގެންގޮސްދީފައި ވަނީ ވެސް ވައިރަދޫއިން ދިޔަ ޓީމުން ކަމަށްވެސް އަބްދުﷲ ވިދާޅުވި އެވެ. ނޭކުރެންދޫއަކީ ވަރަށް ގާތްކަމެއް ބާއްވާ ރަށެއްކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިތުރު އެހީތައް ފޯރުކޮށްދޭނެކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެރަށު ކައުންސިލަށް ގުޅައިވެސް ހާލު ބަލައި އެއްވެސް ކަމެއްގައި އެހީތެރިކަމެއް ބޭނުންވާނަމަ ވެވުނު މިންވަރަކުން އެހީވާނެކަމަށް ވިދާޅުވެފައިވާނެކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު ވިދާޅުވީ މިފަދަ ވަގުތެއްގައި ވައިކަރަދޫއިން ފޯރުކޮށްދިން އެހީ ޝުކުރުވެރި ކަމާއެކު ބަލައިގަންނަ ކަމަށާއި މިއީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެތަކެތި އިއްޔެ ލިބުމާއެކު ހުރިހާ ގޭބީސީއަކަށް ބަހާފައިވާނެކަމަށާއި ކޮންމެގެއަކަށް ގާތްގަނޑަކަށް 10 ކިލޯގެ މަސް ލިބުނުކަމަށެވެ.

ތަކެތި ބެހުމުގައި ކަރަކާތްތެރިވެފައިވާ ވަނީ ނޭކުރެންދޫ ޓާސްކްފޯސްއިންނެވެ. މިމަހު 7 ވަނަ ދުވަހުވެސް ނޭކުރެންދޫއަށް އެރަށުގެ ރައްޔިތެއްގެ ފަރާތުން ކާޑާއި ރޯ މަސް ވަނީ ހަދިޔާކޮށްފައެވެ.

މިވަގުތު ހދ އަތޮޅުގައި ކޮވިޑްގެ ހާލަތު އެންމެ ގޯސްވެފައިވަނީ ހދ ނޭކުރެންދޫގައެވެ. އެގޮތުން އެރަށުގައި އެކްޓިވް ކޭސްގެ ގޮތުގައި 67 ކޭސް އެބައޮތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355