twitterviber whatsapp telegramfacebookyoutube instagram
18th July 2026

ނޭކުރެންދޫގައި ބަލި ފެތުރުން ކޮންޓްރޯލް ކުރެވިއްޖެ، މިއަދުން ފެށިގެން ލުއި ދެނީ

ޚަދީޖާ އާދަމް
Jun 12, 2021

ހދ ނޭކުރެންދޫއިން ކޮވިޑް ކޭސްތަކެއް ފެނި މޮނީޓަރިންގެ ހާލަތުގައި އޮންނަތާ މިއަދަށް 26 ދުވަސް ވެފައިވާއިރު މިހާރު ރަށުގެ ހާލަތު އަންނަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ.

މިމަހު 9 ވަނަ ދުވަހުގެ ފަހުން އިތުރު މީހަކު ޕޮޒިޓިވްވެފައި ނުވާއިރު ރަށުތެރޭގައި ބަލިފެތުރުން ވަނީ ކޮންޓްރޯލް ކުރެވިފައެވެ. މިވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 68 ކެވެ.

އެރަށު ކައުންސިލްގެ ނައިބް ރައީސް އަދި ޓާސްކްފޯސް ހިންގެވުމާއި ހަވާލުވެ ހުންނެވި އަލީ އާދަމް ވިދާޅުވީ މިހާރު ރަށުތެރެއިން ބަލިފެތުރުން ކޮންޓްރޯލް ވެފައިވާކަމަށާއި އެހެންކަމުން މިއަދު ފެށިގެން އެކި މަރުހަލާތަކަށް ބަހާލައިގެން ލުއިތައް ދެމުން ގެންދާނެކަމަށެވެ.

އެގޮތުން މިއަދު ކޮންޓްރަކްޝަން މަސައްކަތްކުރާ ފަރާތްތަށާއި ރަށުގައި އެހެނިހެން މަސައްކަތް ކުރާފަރާތްތަކަށްވެސް މަސައްކަތް ކުރަން ނުކުމެ އުޅުމުގެ ހުއްދަ ދޫކުރަން ނިންމާފައިވާކަމަށެވެ.

މިދިޔަ 24 ވަނަ ދުވަހު އެރަށް މޮނީޓަރިންނަށް ލީފަހުން މިހާތަނަށް 1180 ސާމްޕަލެއް ވަނީ ނަގާފައެވެ. މިމަހު 9 ގެ ފަހުން ނެގި ސާމްޕަލްތަކުގެ ތެރެއިން 148 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބޭއިރު ބަލި ޖެހުނު މީހުންގެ ތެރެއިން 37 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355