twitterviber whatsapp telegramfacebookyoutube instagram
24th April 2024

ރަށުގެ ހާލަތު ރަނގަޅު، ކޮމިއުނިޓީ ސްޕްރެޑަަކަށް ދާނެކަމަށް ނުބެލެވޭ: މަކުނުދޫ ހެލްތް ސެންޓަރު

ޚަދީޖާ އާދަމް
Jun 13, 2021

ފްލޫ ކްލިނިކުން ނެގި ސާމްޕަލެއް ޕޮޒިޓިވްވެ މިމަހު 5 ވަނަ ދުވަހުން ފެށިގެން ހދ މަކުނުދޫ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. މިވަގުތު އެރަށު އެކްޓިވް ކޭސް 21 ގައި އުޅޭއިރު މިވަގުތު ވަނީ ރަށުތެރޭގައި ބަލިފެތުރުން ކޮންޓްރޯލް ކުރެވިފައެވެ.

އެރަށު ސިއްހީ މަރުކަޒުގެ ކޮމިއުނިޓީ ހެލްތް އޮފިސަރު އިބްރާހިމް ޝަރީފް ވިދާޅުވީ ރަށުތެރޭގެ ހާލަތު މިހާރު ރަނގަޅު ކަމަށާއި މޮނީޓަރިންގެ ހާލަތުގައި އޮންނަ ރަށްރަށުގައި އެޗްޕީއޭއިން ނިންމާފައިވާ ގަވައިދާ އެއްގޮތަށް ކާފިއުވެސް ހިންގަމުން އަންނަކަމެވެ.

އެރަށުން ފުރަތަމަ ޕޮޒިޓިވްވެފައިވާ ސްކޫލް ދަރިވަރެކެވެ. އެގޮތުން ޕޮޒިޓިވް ކޭސްތަކުގެ ތެރޭގައި ސްކޫލް 4 ދަރިވަރުން ހިމެނޭކަމަށައި ހައި ރިސްކު 4 މީހަކުވެސް ހިމެނޭކަމަށް ޝަރީފް ވިދާޅުވި އެވެ. ހައިރިސްކު މީހުންގެ ހާލުވެސް ރަނގަޅުކަން އޭނާ ފާހަގަ ކުރެއްވި އެވެ. ޖުމްލަ ކޭސްތަކުގެ ތެރޭގައި ހޯމްކަރަންޓީން 2 ކޭސްވެސް ހިމެނެއެވެ.

ހޯމް ކަރަންޓީންގެ ދެ ކޭސްގެ އިތުރުން ދެން ފެނުނު ކޭސްތަކަކީ 5 ވަނަ ދުވަހު ޕޮޒިޓިވްވި ކޭސްއާއި ގުޅުންހުރި ކޭސްތަކެކެވެ. ޕޮޒިޓިވްވި ފަރާތްތަކަކީ އެއް ކްލަސްޓާއެއްގެ ތެރޭގައި ހިމެނޭ ފަރާތްތަކެއްކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ކާފިއު ނޫން ވަގުތުތަކުގައިވެސް ރައްޔިތުން ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުންނަކަމަށެވެ. މިފަދަ ވަގުތެއްގައި ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެއްބާރުލުމެއް ލިބެމުން ދާކަން ފާހަގަކޮށް އޭނާ ވިދާޅުވީ ރެޕިޑް ރެސްޕޮންސް ޓީމް (އާރުއާރުޓީ)އަށްވެސް ރައްޔިތުންގެ ފަރާތުން ވަރަށް ސަޕޯޓެއް ލިބުނު ކަމަށާއި ކާބޯތަކެތީގެ އިތުރުން ކޮވިޑް ހާލަތުގައި ބޭނުންވާނެ މާސްކުފަދަ ތަކެތިވެސް ރައްޔިތުންގެ ފަރާތުން ހަދިޔާކޮށްފައިވާކަމަށެވެ.



އާރުއާރުޓީން މިދިޔަ ދުވަސްތަކުގައި ކުރި ބުރަ މަސައްކަތް އޭނާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިހާރު ޓީމުގެ މައިގަނޑު މަސައްކަތްތައް ނިމިފައިވިއަސް ޑެއިލީ އަޕްޑޭޓްތައް ބަލައި ކަރަންޓީނުގައި ތިބި ފަރާތަކަށް ގުޅައި ހާލުބެލުމުގެ ކަންކަން ކުރިއަށް ގެންދާކަމަށް ޝަރީފް ވިދާޅުވި އެވެ.

ރަށް ކޮމިއުނިޓީ ސްޕްރެޓަކަށް ދާނެކަމަށް ނުބެލެވޭކަމަށާއި ކޭސްތައް ފެނުމާއެކު ވަރަށް އަވަހަށް ފިޔަވަޅުތައް އެޅުންކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ޒަރޫރީ ބޭނުންތަކަށް ނުކުތުމަށް ކޮންމެ ގެއަކަށްވެސް ފާހެއް ދޫކުރެވިފައިވާނެ ކަމަށާއި މަސައްކަތްތަކަށް ކުރަން ނުކުންނަ ފަރާތްތަކަށްވެސް ވަކިވަކި ފާސް ދޫކޮށްފައިވާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355