ހދ އަތޮޅު ކައުންސިލުން ދޭ ޓްރާންސްޕޯޓްގެ ބައެއް ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.
އެގޮތުން ހިދުމަތްތައް މެދުކަނޑާލާފައިވަނީ އެއްގަމު ލައިސެންސް ނެގުމަށް ހަދަންޖެހޭ ތިއަރީ އިމްތިހާން ހެދުމާއި، އެއްގަމާއި ކަނޑުގެ ލައިސެންސް ނެގުމަށް ހަދަންޖެހޭ ދުއްވުމުގެ އިމްތިހާން ހެދުމާއި އެއްގަމު ލައިސެންސް ގިންތި އިތުރުކުރުން ހިމެނެއެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި ހިދުމަތްތައް މެދުކަނޑާލީ ކޮވިޑް-19 ރޯގާ ކުޅުދުއްފުށީގައި ފެތުރެމުން އަންނާނީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށެވެ.
މި ހިދުމަތްތައް މެދުކަނޑާލާފައިވަނީ މިއަދުން ފެށިގެންނެވެ. މިވަގުތު މާލެ ދަތުރުކުރާ ދެ ބޯޓެއްގެ ފަޅުވެރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވެ ބަލި ފެތުރުމުގެ ފުރުސަތު އޮތީ ބޮޑުވެފަ އެވެ.