twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީގައި އެކްޓިވް 25 ކޭސް، މޮނީޓަރިންގައި 49 ގެޔެއް

ޚަދީޖާ އާދަމް
Jun 16, 2021
1

ކުޅުދުއްފުއްޓާއި މާލެއާއި ދެމެދު ދަތުރުކުރާ ދެ ބޯޓަކުން ކޮވިޑް ކޭސްތަކެއް ފެނުމާއި ގުޅިގެން މިމަހު 10 ވަނަ ދުވަހުގެ ރޭ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ކޮވިޑް ކޭސްތައް ފުރަތަމަ ފެނިފައިވަނީ ސީކުއިންބޯޓުގެ ފަޅުވެރިއަކު ރޯގާގެ އަލާމަތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކުމުން ނެގި ސާމްޕަލް ޕޮޒިޓިވްވުމުންނެވެ. އެއަށް ފަހު ކުޅުދުއްފުށީ ޓާސްކް ފޯސްއިން މާލެ ދަތުރު ކުރާ ބޯޓު ފަހަރު ރަށަށް ލެފުމާއެކު ބޯޓުން ދަތުރު ކުރާ ފަޅުވެރިންގެ ސާމްޕަލް ނެގުމަށް ނިންމި ނިންމުމާއި އެއްގޮތަށް ބަހާދަރު ބޯޓުން ނެގި 4 ސާމްޕަލް ވަނީ ޕޮޒިޓިވް ވެފައެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ ސީކުއީން ބޯޓުގެ ކްލަސްޓާއި މިހާތަނަށް 97 މީހަކު ކަރަންޓީން ކުރެވިފައިވާ ކަމާއި އިއްޔެވެސް އެ ކްލަސްޓާއިން އިތުރު މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެއީވެސް ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ފާހަގަވެފައިވާ މީހެއް ކަމަށް އޮފިޝަލު ވިދާޅުވި އެވެ. އެ ކްލަސްޓާއާއި ގުޅިގެން 44 ގެޔެއްވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ.

ބަހާދަރު ބޯޓުން ޕޮޒިޓިވްވި 4 މީހުންނާއި ގުޅިގެން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ވެފައިވަނީ 5 މީހުންނެވެ. އެ ކްލަސްޓާއާއި ގުޅިގެން މިހާތަނަށް މޮނީޓަރިންނަށް ލާފައިވަނީ 5 ގެޔެއްކަމަށް އޮފިޝަލް ވިދާޅުވީ އެވެ.

ސީކުއީން ކްލަސްޓާގެ ތެރޭގައި ހައިރިސްކު މީހުންވެސް ހިމެނެއެވެ. އަދި އޭގެތެރޭގައި އަލާމާތް ފެންނަ މީހުންވެސް އެބަތިބިކަމަށާއި މިވަގުތު ކޭޕީއެލް ފެސިލިޓީގައި ހައިރިސްކު އެކަކަށް ފަރުވާދެމުން އަންނަކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިވަގުތު ކުޅުދުއްފުށީގެ އެކްޓިވް ކޭސްގެ އަދަދަކީ 25 އެވެ. އެއީ ފުރަބަންދުގެ 9 ކޭސްއާއެކުއެވެ. މިމަހު 14 ވަނަ ދުވަހު ރޭންޑަމް 75 ސާމްޕަލް ނަގާފައިވާއިރު ހުރިހާ ސާމްޕަލެއްވެސް ނެގެޓިވްއެވެ. މިއަދު އިތުރު ރޭންޑަމް ސާމްޕަލް ނަގަން ހަމަޖެހިފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355