twitterviber whatsapp telegramfacebookyoutube instagram
13th September 2026

ހަނިމާދޫއިން އިތުރު 9 މީހަކު ޕޮޒިޓިވްވެ އަދަދު 39 އަރައިފި

ޚަދީޖާ އާދަމް
Jun 21, 2021

ހދ ހަނިމާދޫއިން ކޮވިޑް-19 ގެ އިތުރު 09 ކޭސް ފެނި އެރަށުގެ އެކްޓިވް ކޭސްގެ އަދަދު 39 އަރައިފި އެވެ.

އެރަށު ސިއްހީ މަރުކަޒުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 19 ޖޫންގައި ނެގި 59 ސާމްޕަލްގެ ތެރެއިން 09 ސާމްޕަލެއް ޕޮޒިޓިވް ވެފައިވާކަމަށާއި އޭގެތެރޭގައި ހިމެނެނީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ތިބި 6 ފަރާތަކާއި، އަލާމާތް ހުރެގެން ޓެސްޓުކުރި ދެ ސާމްޕަލްގެ އިތުރު ރޭންޑަމް ސާމްޕަލެކެވެ.

އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ މިމަހު 7 ވަނަ ދުވަހު ފުލޫ ކްލިނިކުން ނެގި ދެ ސާމްޕަލެކެވެ. އެތަނުން އެއް ސާމްޕަލަކީ ހަނިމާދޫ ސްކޫލް ގްރޭޑް 9 ގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރެކެވެ.

އެމީހުން ސާމްޕަލްގެ ނަތީޖާ މިމަހު 9 ވަނަ ދުވަހު ލިބުމާއެކު އެރަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެއަށްފަހު ކޭސްތައް އިތުރުވެފައިވަނީ އެރަށުގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.

ކޭއޯއަށް ދެއްވި އިންޓަވިއުއެއްގައި ހދ ހަނިމާދޫ ހެލްތް ސެންޓާގެ ސީނިއާރ ކޮމިއުނިޓީ ހެލްތް އޮފިޝަރ ޒުބޭދާ އިބްރާހިމް ވިދާޅުވީ ފަހުން ޕޮޒިޓިވްވެފައިވަނީވެސް ކުރީގެ ކޭސްތަކާއި ގުޅުންހުރި ސާމްޕަލްތަކެއް ކަމަށެވެ.

މީގެ ކުރިން ޒުބޭދަ ވިދާޅުވީ އެންމެ ފުރަތަމަ ރަށު ފުލޫ ކްލިނިކުން ނެގި ދެ ސާމްޕަލް ޕޮޒިޓިވްވީ ކިހިނެތްކަމެއް އަދިވެސް ދެނެގަނެވިފައި ނުވާކަމަށެވެ.

އޭނާ ވިދާޅުވީ ބަލިޖެހިފައިވާ އެއްވެސް މީހަކާ ކޮންޓެކްޓް ވެފައި ނުވާނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ސިއްހީ މަރުކަޒަށް ގުޅައި އެންގުންމަށް އެދޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293