ޓޯކިޔޯ އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ) ވަރުގަދަ ގްރޫޕެއްގައި ލައްވާލައިފި އެވެ.
މި މަހު 23 ގައި ފަށަން ނިންމާފައިވާ ޓޯކިޔޯ އޮލިމްޕިކްސްގެ ގްރޫޕް ޖީގައި ނަބާގެ އިތުރުން އޮތީ އީރާނުގެ ސޮރާޔާ އަގޭއި އާއި ޗައިނާގެ ހީ ބިންގްޖިއާއޯ އެވެ. ޗައިނާގެ ހީ ބިންގްޖިއާއޯއަކީ ސިންގަލްސް ކެޓަގަރީގެ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. ސިންގަލްސް ބައިން ނަބާގެ ދުނިޔޭގެ ރޭންކިން 252 ވަނައިގައި އޮތްއިރު އީރާނުގެ ސޮރާޔާ އަގޭއި އޮތީ ދުނިޔޭގެ ރޭންކިން 111 ވަނައިގަ އެވެ.
ނަބާ ރާއްޖޭގެ ތާރީހުގައި ބެޑްމިންޓަނުން އޮލިމްޕިކްސްގައި ވާދަކުރާނެ ފުރަތަަމަ އަންހެން ކުޅުންތެރިޔާއަށް ވެގެން ދާއިރު އީރާނުގެ ސޮރާޔާ އަކީ ބެޑްމިންޓަނުން އޮލިމްޕިކްސް އަށް ކޮލިފައިވި އީރާންގެ ފުރަތަމަ އަންހެން ކުޅުންތެރިޔާ އެވެ.
އީރާނުގެ ސޮރާޔާ އަކީ ނަބާ ވަނީ 2019 ވަނަ އަހަރު ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގައި ސޮރާޔާއާ ވާދަކޮށްފަ އެވެ. އެ މެޗުން ސޮރާޔާ މޮޅުވީ 21-11، 21-11 އިންނެވެ.
""އީރާން ކުޅުންތެރިޔާއާ އެކު ކުރިން ވެސް ކުޅުނިން. މި މެޗު ވާނެ ރަނގަޅު ފައިޓަކަށް،"ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިޔާ: ފާތިމަތު ނަބާހާ އަބްދުއްރައްޒާގް (ނަބާ)
ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސްގެ ޑަބަލްސް އިވެންޓުން 2019 ވަނަ އަހަރު ދެ ރަން މެޑަލް ހޯދި ނަބާއަކީ ރާއްޖޭގެ ކުޅުންތެރިންނަށް ބަލާއިރު، ރަނގަޅު ލެވަލެއްގައި ރޭންކިންގް ދަމަހައްޓަމުން އަންނަ ކުޅުންތެރިއެކެވެ. އެގޮތުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ން ވެސް ނަބާ ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފަ އެވެ.
ޓޯކިޔޯ އޮލިމްޕިކްސް ފަށަން ހަމަޖެހިފައިވަނީ މިމަހު 23 ވަނަ ދުވަހު އެވެ.