twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ޑެ ޕޯލް ލަލީގާގެ ޗެމްޕިއަން އެތުލެޓިކޯއާ ގުޅިއްޖެ

މުޙައްމަދު އަހުމަދު
Jul 13, 2021

އާޖެންޓީނާއާ އެކު ކޮޕާ އެމެރިކާ 2021 ގެ ތަށި ހިއްލާލި މިޑްފީލްޑަރު ރޮޑްރީގޯ ޑެ ޕޯލް ސްޕެއިނުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި އެވެ.

ކުރިން އިޓަލީގެ އުދިނޭޒީއަށް ކުޅުން ޑެ ޕޯލްގެ ޑީލްގެ ހުރިހާ މަޝްވަރާއެއް އެތުލެޓިކޯ އާއި އުދިނޭޒީން ވަނީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ނިންމާލައިފަ އެވެ. ކޮޕާ އެމެރިކާ ނިމުމާއެކު އިއްޔެ ޑެ ޕޯލްގެ މެޑިކަލާއި ކޮންޓްރެކްޓްގެ ބައި ފުރިހަމަކޮށް ނިންމާފަ އެވެ.

ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން އެތުލެޓިކޯއާ ގުޅުނު 27 އަހަރުގެ ޑެ ޕޯލް ގަންނަން އެތުލެޓިކޯ އިން ޖުމްލަ 40 މިލިއަން ޑޮލަރު ހަރަދުކުރާނެ އެވެ. "އަހަރެން މި ހުރީ ވަރަށް އުފަލުން. އަހަރެން މި ބަދަލުވަނީ ލަލީގާ ޗެމްޕިއަނުންނަށް. އަހަންނަށް އެނގޭ މި ކްލަބަށް ބަދަލުވުމަށް ފަހު ޒިންމާ ބޮޑުވާނެ ކަން. އަހަރެން ދެކެނީ މިއީ ކެރިއަރުގައި ލިބުނު ކުރިއެރުމެއް ކަަމަށް،" އެތުލެޓިކޯ އަށް ސޮއިކުރި ޑެ ޕޯލް ބުންޏެވެ.

އާޖެންޓީނާގެ ރޭސިން އަށް ކުޅުމަށް ފަހު ޑެ ޕޯލް އެންމެ ފުރަތަމަ ގުޅުނު ޔޫރަޕްގެ ކްލަބަކީ ސްޕެއިނުގެ ވެލެންސިއާ އެވެ. އެޓީމުގައި ދެ އަހަރު ހޭދަކުއިރު، އެއް ސީޒަނުގައި ލޯނަކަށް ކުރީގެ ޓީމު ރޭސިން އަށް ކުޅުމަށް ފަހު 2016 ވަނަ އަހަރު އުދިނޭޒީއާ ގުޅުމަށް ފަހު ގިނަ މެޗުތަކެއް ކުޅުން ޑެ ޕޯލް ވަނީ މިދިޔަ އަހަރުން ފެށިގެން އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ވެސް ގިނަ މެޗުތަކެއް ކުޅެފަ އެވެ.

28 އަހަރަށް ފަހު ބޮޑު މުބާރާތެއްގެ ތަށި ހޯދި އާޖެންޓީނާ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޑެ ޕޯލްގެ އިތުރުން ލައުޓާރޯ މާޓީނޭޒް ގެންނަން ވެސް އެތުލެޓިކޯ އިން މަސައްކަތް ކުރަމުން އަންނައިރު ރިޕޯޓްތައް ބުނާގޮތުން ކްލަބްގެ މުސާރަ ކަންތައްތައް ހަމަޔަކަށް އަޅުވަން މަސައްކަތް ކުރުމުގެ ތެރެއިން ބާސެލޯނާ އިން މިހާރު ވަނީ އެތުލެޓިކޯ އަށް ކުޅޭ ސައުލް ނިގޭޒާއި ގްރީޒްމަން ބަދަލުކުރަން ހުށަހަޅައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355