twitterviber whatsapp telegramfacebookyoutube instagram
14th March 2026

ކުރިއަށް އޮތް ބަންދުގައި ބީއެމްއެލް ހުޅުވާނީ ދެ ދުވަހު

ނަބީލާ އިސްމާޢީލް
Jul 14, 2021
1

ކުރިއަށް އޮތް ބަންދުގައި ބޭންކިންގް ހިދުމަތް ދޭނީ ދެ ދުވަހު ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

އެ ބޭންކުން ބުނީ ކުރިއަށް އޮތް ސަރުކާރު ބަންދު ދުވަސްތަކުގައި ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ މި މަހުގެ 21 އަދި 27 ގައި ކަމަށެވެ. އަދި މި ދެ ދުވަހު ބޭންކުން ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު 2:00 އަށް ކަމަށެވެ.

ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގައި ރާއްޖޭން ބޭރަށް ނުވަތަ އެހެން ބޭންކަކަށް ފައިސާ ފޮނުވަން ހެނދުނު 11:00ގެ ކުރިން ލިބޭ ރިކުއެސްޓިތައް އެ ދުވަހު ޕްރޮސެސް ކުރާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އަދި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށާއި މުސާރަ ޖަމާކޮށްދިނުމަށް މެންދުރު 12:00ގެ ކުރިން ފޮނުވާ ރިކުއެސްޓްތައް އެ ދުވަހު ޕްރޮސެސް ވާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ. މީގެ ފަހުން ފޮނުވާ ރިކުއެސްޓްތައް ޕްރޮސެސް ވާނީ ދެން ބޭންކު ހުޅުވޭ ދުވަހަކުންނެވެ.

ބީއެމްއެލް އިން މި ދުވަސްވަރު ހިދުމަތް ދެނީ އޮންލައިންކޮށް ނަންބަރު ދޫކޮށްގެންނާއި އެޕޮއިންޓްމަންޓަށެވެ.

ބޭންކް ހުޅުވާފައި ހުންނަ ދުވަސްތަކުގެ ހެނދުނު 8:00 އިން މެންދުރު 12:00 އާ ހަމައަށް ކިއުބީ އެޕް ބޭނުންކޮށްގެން ނަންބަރު ނެގޭނެ އެވެ. ކިޔޫގައި ތިބި މީހުންގެ އަދަދު ވެސް މި އެޕުން ބަލައިލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355