twitterviber whatsapp telegramfacebookyoutube instagram
24th April 2024

ނިއުޔޯކްގެ ރެސްޓޯރަންޓަކުން ދުނިޔޭގެ އެންމެ އަގުބޮޑު ފުރެންޗް ފުރައިސްގެ ރެކޯޑް މުގުރާލައިފި

މުޙައްމަދު އަހުމަދު
Jul 15, 2021

ރެކޯޑް ބުރޭކިން ރެސްޓޯރެންޓެއް ކަމަށްވާ ނިއުޔޯކްގެ މެންހައްޓަންގައި ހުންނަ ސެރެންޑިޕްޓީ3 އިން ދުނިޔޭގެ އެންމެ އަގުބޮޑު ފުރެންޗް ފުރައިސްގެ ރެކޯޑް ހާސިލްކޮށްފި އެވެ.

"ކުރެމް ޑެ ލަ ކުރެމް ޕޮމެ ފުރައިޓްސް" ނަމުން ނަންދެވިފައިވާ މި ފުރެންޗް ފުރައިސްގެ ބާވަތަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ އަގުބޮޑު ފުރެންޗް ފުރައިސް އެވެ. ސެރެންޑިޕްޓީ3 ރެސްޓޯރަންޓުން އެމީހުންގެ މެނޫއަށް އެންމެ ފަހުން އިތުރުކުރި މިބާވަތުގައި މުއްސަނދި އެތައް އެއްޗެއް ހިމެނެ އެވެ. މި އެމެރިކަން ކުލާސީ ޑިޝް ވެފައި މިވަނީ އެންމެ އަގުބޮޑު މީގެ ބާވަތަށެވެ.

200 ޑޮލަރުގެ މި ޑިޝްގެ ހައްގުވެރި ޝެފުންނަކީ ކުރިއޭޓިވް ޝެފް، ޖޯ ކެލްޑެރޯން، އަދި ކޯޕޮރޭޓިވް އެގްޒެކެޓިވް ޝެފް، ފުރެޑްރިކް ޝްކޮއެން-ކިއެވާޓް އެވެ. އެހެން އެއްޗެއްސާ ތަފާތު މޮޅު މިކެއުމުގެ ހުރިހާވެސް ކުރިޑިޓެއް ހައްގުވާނީ މިދެފަރާތަށެވެ.

މި ކާނާގައި ހިމެނޭ އެއްޗެހި ވަރަށް ބައިވަރެވެ. އެއީ އަޕްސުޓޭޓް ޗިޕާބެކް އަލުވި، ޑޮމް ޕެރިންގްނަން ޝެމްޕޭން، ޖޭލެބްލެންކް ފުރެންޗް ޝެމްޕޭން އާޑެން ވިނެގަރ، ސާފު ކޭޖް ފުރީ ގޫސް ފެޓް، ގުއެރާންޑޭ ޓްރަފަލް ސޯލްޓް، ޓްރަފަލް އޮއިލް، ކުރީޓް ސެނެސީ ޕެކޮރީނޯ ޓާޓުފެއްލޯ ޗީސް އަދި މީގެ އިތުރުން ޝޭވްކޮށްފައި ހުރި ކަޅު ސަމާ ޓްރަފަލްސް އަދި ޓްރަފަލް ބަޓަރުގެ އިތުރުން ވެސް ބައިވަރު އެއްޗެހި ހިމެނެ އެވެ. މިތަނުން އެންމެ ފާހަގަކޮށްލެވެނީ 23 ހާސް އެޑިބަލް ގޯލްޑް ޑަސްޓެވެ.

މި ޑިޝްއަށް ދުނިޔޭގެ ރެކޯޑް މުގުރާލެވުނީ ކަސްޓަމަރަކު ގަނެގެން ކެއުމުންނެވެ. އެއީ ގިނިސް ވޯލްޑް ރެކޯޑްގެ ގައިޑްލައިންގައި ވާގޮތުން މި ޑިޝް ގަންނަން އާއްމުންނަށް ހުޅުވާލެވިފައި ވާން ޖެހޭނެ އެވެ. އަދި އަންބަޔަސްޑް ކަސްޓަމަރެއް މީތި ގަންނަން ޖެހޭނެ އެވެ. ޝެފް ޖޯ ކެލްޑެރޯން މިކާމިޔާބީއާ ބެހޭ ގޮތުން ބުނީ މިއީ ލިބުނު ފަހުރެއް ކަމަށެވެ. އަދި މިއީ އެމީހުންގެ ފުރަތަމަ ރެކޯޑް ނޫން ކަމަށާއި އަދި އެންމެ ފަހު ރެކޯޑަކަށް ނުވާނެ ކަމުގަ އެވެ.

ސެރެންޑިޕްޓީ3 ރެސްޓޯރަންޓްގެ އަތުގައި މިނޫނަސް އެތައް ރެކޯޑެއް އޮވެ އެވެ. އެއީ އެންމެ އަގުބޮޑު މިލްކްޝޭކާއި ސޭންޑްވިޗް އަދި ޑެސާޓްގެ ރެކޯޑެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355