twitterviber whatsapp telegramfacebookyoutube instagram
4th December 2025

ކުރިނބީގެ ކޮންމެ ގެއަކަށް އީދު ހަދިޔާގެ ގޮތުގައި ކުކުޅަކާއި ހަނޑޫ ޕެކެޓެއް

މުޙައްމަދު އަހުމަދު
Jul 21, 2021
3

ހދ ކުރިނބީގެ ކޮންމެ ގެއަކަށް އީދު ހަދިޔާގެ ގޮތުގައި ކުކުޅަކާއި ހަނޑޫ ޕެކެޓެއް ހަދިޔާކޮށްފި އެވެ. "އީދު ހަދިޔާ" އެރަށު ރައްޔިތުންނަށް ހަދިޔާކުރީ އެރަށު ކައުންސިލްގެ ފަރާތުންނެވެ.

އެރަށު ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ މިއީ ކައުންސިލްގެ ފަރާތުން އެރަށު ރައްޔިތުންނަށް ދިން ހަދިޔާއެއް ކަމަށެވެ. މީގެ ކުރިންވެސް އެރަށުގެ ކައުންސިލުން އީދު ހަދިޔާ ބަހާފައިވެ އެވެ.

އެރަށުގައި 100 ގޭބިސީ ހުންނައިރު އެއިން ކޮންމެ ގެއަކަށް ވަނީ ކުކުޅަކާއި ހަނޑޫ ޕެކެޓެއް ހަދިޔާކޮށްފަ އެވެ. އަދި މީގެ އިތުރުން އެރަށުގައި ދިރިއުޅޭ ބިދޭސީންނަށް ވެސް އީދު ހަދިޔާ ބަހާފައިވެ އެވެ.

އީދު ހަދިޔާގެ ގޮތުގައި ކައުންސިލުން ބަހާފައިވަނީ ކޮންމެ ގެއަކަށް 1200 ގުރާމްގެ ކުކުޅަކާއި 1 ކިލޯގެ ބާސްމަތީ ރައިސް ޕެކެޓެކެވެ. ކުދި އާބާދީތަކުގެ ކައުންސިލުތަކާއި ކުލަބު ޖަމިއްޔާތަކުން ގޭބިސީތަކަށް އީދު ހަދިޔާ ބެހުމަކީ އާންމު ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355