twitterviber whatsapp telegramfacebookyoutube instagram
29th March 2026

ހިމްނާ ވޯލްޑް ޖޫނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕަށް

މުޙައްމަދު އަހުމަދު
Jul 26, 2021

އަންނަ އޮގަސްޓް މަހު ނައިރޯބީ، ކެންޔާގައި އޮންނަ ވޯލްޑް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންސިޕްގައި ރާއްޖޭގެ އަރަމުން އަންނަ ޒުވާން ދުވުންތެރިޔާ އާއިޝަތު ހިމްނާ ހަސަން ވާދަކުރަން ހަމަޖެހިއްޖެ އެވެ.

ބައިނަލްއަގްވާމީ އެތައް މުބާރާތެއްގައި ދުވެފައިވާ ހިމްނާ އަކީ ރާއްޖޭގެ ދުވުންތެރިން ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ދުވުންތެރިޔާ އެވެ. އޭނާ މީގެ ކުރިން ރާއްޖެ ތަމްސީލް ކޮށްފައިވާ ބައިަލްއަގްވާމީ ބޮޑެތި މުބާރާތްތަކަކީ 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕާއި އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ޔޫތު ޗެމްޕިއަންޝިޕާއި އޭޝިއަން ގޭމްސް އެވެ.

2019 ވަނަ އަހަރުވެސް ހިމްނާ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އޭގެ ތެރޭގައި ވޯލްޑް ޗެމްޕިއަންޝިޕާއ އޭޝިއަން ޔޫތު ޗެމްޕިއަންޝިޕާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އިތުރުން ސައުތު އޭޝިއަން ގޭމްސް ހިމެނެ އެވެ.

400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑާއި 400 މީޓަރު ދުވުމުގެ ގައުމީ ޖޫނިއާ ރެކޯޑާއި 400 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރެކޯޑް އޮންނަ ހިމްނާ އަކީ ރާއްޖޭގެ އެންމެ އުއްމީދީ އެތްލީޓެވެ.

ކޮވިޑާ ހެދި ފަސްވުމަށް ފަހު މިފަހަރުގެ މުބާރާތް ކުރިއަށް ގެންދާނީ އޮގަސްޓް 17 އިން 22 ގެ ނިޔަލަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355