twitterviber whatsapp telegramfacebookyoutube instagram
2nd April 2026

އުމުރުން 17 އަހަރުގައި އެންމެ ފަހުގެ ޗެމްޕިއަނާ ވާދަކޮށް ރަން މެޑަލް ހޯދައިފި

މުޙައްމަދު އަހުމަދު
Jul 27, 2021

އުމުރުން 17 އަހަރުގައި އެންމެ ފަހުގެ ޗެމްޕިއަނާ ވާދަކޮށް އެމެރިކާގެ ލީޑިއާ ޖަކޯބީ ރަން މެޑަލް ހޯދައިފި އެވެ.

ލީޑިއާ ޖަކޯބީ ރަން މެޑަލް ހާސިލްކުރީ އަންހެނުންގެ 100 މީޓަރު ބުރެސްޓް ސްޓްރޯކް އިވެންޓުންނެވެ. މިއީ އޮލިމްޕިކްސްގައި އޭނާގެ ޑެބިއުޓް އިވެންޓެވެ، މި އިވެންޓަށް ފަހު ލީޑިއާ ޖަކޯބީ ވެގެން ގޮސްފައިވަނީ ފެތުމުން އަލަސްކާގެ ފުރަތަމަ އޮލިމްޕިއަނަށެވެ. އަދި ސަމާރ އޮލިމްޕިކްސް ގޭމްސްގެ އަލަސްކާއަށް އުފަން ދިހަވަނަ އޮލިމްޕިއަނެވެ.

1 މިނެޓާއި 04.95 ސިކުންތުން އެއްވަނައިގައި ލީޑިއާ ޖަކޯބީ ރޭސް ނިންމިއިރު އޭނާއާ ޖެހިގެން ރިހި މެޑަލް ހާސިލްކުރީ ސައުތް އެފްރިކާގެ ޓަޓްޔާނާ ސްކްއިންމާކާ އެވެ. ޓަޓްޔާނާ ސްކްއިންމާކާ ރޭސް ނިންމީ 1 މިނެޓާއި 05.22 ސިކުންތުންނެވެ އަދި މި އިވެންޓުގެ ލޯ މެޑަލް ގެންދިޔަ އެންމެ ފަހުގެ މި އިވެންޓުގެ ޗެމްޕިއަން އެމެރިކާގެ ލިލީ ކިންގް ރޭސް ނިންމާފައިވަނީ 1 މިނެޓު 05.54 ސިކުންތުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355