twitterviber whatsapp telegramfacebookyoutube instagram
25th September 2026

އަހަރުގެ ފުރަތަަމަ 6 މަސް ދުވަހު ޖޫރިމަނާގެ ގޮތުގައި 106 މިލިއަން ރުފިޔާ

Jul 28, 2021

މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 106 މިލިއަން ރުފިޔާ ދައުލަތުގެ ޓެކްސް އިދާރާ، މީރާ އަށް ބަލައިގެންފި އެވެ.

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހު ޖޫރިމަނާގެ ގޮތުގައި މީރާ އަށް މިވަނީ 47 މިލިއަން ރުފިޔާ އިތުރަށް ލިބިފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ޖޫރިމަނާގެ ގޮތުގައި މީރާ އަށް ލިބިފައިވަނީ 59 މިލިއަން ރުފިޔާ އެވެ.

މިއަހަރުގެ ބަޖެޓުގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 43.8 މިލިއަން ރުފިޔާ އެވެ. އެކަމަކު މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދައުލަތަށް ވަނީ އެ އަދަދު ލިބިފަ އެވެ. އެހެންކަމުން ދައުލަތަށް މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އިތުރަށް މިހާރު ވެސް މިވަނީ 62.2 މިލިއަން ރުފިޔާ ލިބިފަ އެވެ.

ދައުލަތުގެ އާމްދަނީގެ ގޮތުގައި މިއަހަރުގެ ޖެނުއަރީން ފެށިގެން ޖޫންގެ ނިޔަލަށް 7.5 ބިލިއަން ރުފިޔާ މީރާ އަށް ވަނީ ބަލައިގެންފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި މީރާ އަށް ލިބިފައިވަނީ 5.3 ބިލިއަން ރުފިޔާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293