twitterviber whatsapp telegramfacebookyoutube instagram
15th November 2026

އެއް ހާފްގައި ހަތް ގޯލުޖެހި މިކުޅުންތެރިޔާއަށް މަޝްހޫރު ކުލަބްތަކުން ލޯ އަޅަނީ

މުޙައްމަދު އަހުމަދު
Jul 29, 2021

ޕްރީ ސީޒަން މެޗެއްގައި ދެވަނަ ހާފުގައި 34 މިނެޓްތެރޭ ހަތް ގޯލު ޖެހި ފިއޮރެންޓީނާގެ ފޯވާޑް ޑޫސާން ވްލަހޯވިކްގެ ޑިމާންޑް ބޮޑުވެއްޖެ އެވެ.

އިޓަލީގެ ހަތަރު ވަނަ ޑިވިޝަންގެ ޕޮލިސްޕޯޓިވާ ސީފޯ ފޮލީނޯ ކޮޅަށް 11 ލަނޑުގެ ބޮޑު ތަފާތަކުން މޮޅުވި ފިއޮރެންޓީނާގެ ވްލަހޯވިކް މެޗުގެ ދެ ވަނަ ހާފުގައި ހަތް ލަނޑު ޖެހިއިރު އެ ހުރިހާ ގޯލެއްވެސް ޖެހީ 34 މިނެޓުގެ ތެރޭގަ އެވެ. އޭނާ ވަނީ އިޓާލިއަން ލީގުގައި 37 މެޗުން 21 ގޯލު ވެސް ޖަހައިފަ އެވެ.

ލިވަޕޫލާއި ޓޮޓެންހަމާއި މެންޗެސްޓާ ސިޓީ، ސެވިއްޔާ އަދި ބަޔާން މިއުނިކް އަންނަނީ ވްލަހޯވިކް ހޯދަން މަސައްކަތް ކުރަމުން ކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެފައިވެ އެވެ. އަދި ރިޕޯޓްތައް ބުނާގޮތުގައި ވްލަހޯވިކް ވިއްކާލާނަމަ އޭނާގެ އަގު އުޅޭނީ 50 މިލިއަން ޑޮލަރުގަ އެވެ.

ސާބިއާގެ ސީނިއާ ޓީމަށް ހަތް މެޗުން ދެ ގޯލު ޖަހައިދިން ވްލަހޯވިކް ވަނީ ސާބިއާގެ 16، 18، 19 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ. ޓީމުތަކުން އޭނާ ހޯދަން މަސައްކަތްކުރަމުން އަންނައިރު ދާދި ފަހުން ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އިތުރު އެއް އަހަރު ފިއޮރެންޓީނާ އަށް ކުޅެން ބޭނުންވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293