އަޔަކްސްގެ އަރަމުން އައި ޒުވާން ތަރި ނޯއާ ގެސާ ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ. މިދިޔަ ހުކުރު ދުވަހު ކާރަކާއި ލޯރިއެއް ޖެހި ހިނގި އެކްސިޑެންޓްގައި ނޯއާ ގެސާ އާއި އޭނާގެ ބޭބެ މަރުވިއިރު ލޯރި ދުއްވި މީހާ އަށްވެސް އަނިޔާވި އެވެ. ނަމަވެސް ފުރާނައަށް ގެއްލުންވާވަރުގެ އަނިޔާއެއް ނުލިބެ އެވެ.
2018 ވަނަ އަހަރު އަލްފަނީސް ބޯއީސްއިން އަޔަކްސްއާ ގުޅުނު އުމުރުން 16 އަހަރުގެ ނޯއާ ގެސާ އަކީ އަރަމުން އައި އުއްމީދީ ކުޅުންތެރިއެކެވެ. އަޔަކްސްގެ 17 އަހަރުން ދަށުގެ ޓީމުގައި ވެސް އޭނާ ހިމެނެ އެވެ.
Ajax is diep geraakt door het tragische overlijden van jeugdspeler Noah Gesser. Onze gedachten gaan uit naar zijn familie, vrienden en nabestaanden. 💔🕊️
— AFC Ajax (@AFCAjax) July 31, 2021
ޑަޗް ފުޓްބޯޅައިން އަންނަނީ ނޯއާ ގެސާގެ މަރުގެ ހަބަރާއެކު އެކަމުގެ ހިތާމަ ފާޅުކޮށް ޓްރިބިއުޓް ދެމުންނެވެ. ޝޯސަލް މީޑިއާއަށް ހަބަރު އެރުމާއެކު އެތައް ބަޔަކު ދަނީ އެކަމާ ހިތާމަ ފާޅުކުރަމުންނެވެ.