twitterviber whatsapp telegramfacebookyoutube instagram
18th May 2024

ކެޕާ، ޕެނަލްޓީ ވިލޭނުން ސުޕަކަޕްގެ ހީރޯއަކަށް

މުޙައްމަދު އަހުމަދު
Aug 12, 2021

ޕެނަލްޓީ ޝޫޓްއައުޓްއަކުން ވިލެއިންއަކަށް (ފިލްމީ ދާއިރާގައި ބުނާގޮތުން ނުބައިބައި މީހަކަށް) ވި ކެޕާ އަރިއްޒަބާލާގާ ސުޕަކަޕްގައި މަތަކުރި 2 ޕެނަލްޓީއާއެކު ހީރޯއަކަށް ވެއްޖެ އެވެ.

2019 ވަނަ އަހަރުގެ ކަރަބާއޯ ކަޕުގެ ފައިނަލުގައި 71 މިލިއަން ޕައުންޑަށް ގެނައި ކެޕާ ވަނީ ވިލީ ކަބަލޭރޯއާ ބަދަލުކުރުމަށް އެންގުމުން އެކަމާ ދެކޮޅު ހަދާ ދަނޑުން ފައިބަން އިންކާރުކޮށްފަ އެވެ. މިކަމާ ރުޅި އައިސްގެން ޗެލްސީގެ ކޯޗުވެސް ވަނީ ބެންޗު ދޫކޮށްލާފައި އެވަގުތު ގޮސްފަ އެވެ.

އެމެޗުގައި ޕެނަލްޓީ ޝޫޓްއައުޓަށް ގޮސްގެން ކެޕާ އެއް ޕެނަލްޓީ މަތަކުރި ނަމަވެސް އެމެޗުން ޗެލްސީ ވަނީ ބަލިވެފަ އެވެ. އެހެންކަމުން ކޯޗު މައުރީޒިއޯ ސާރީގެ އެންގުމަށް ދެކޮޅު ހެދުމުން ކުލަބުން ވަނީ އޭނާ ޖޫރިމަނާކޮށްފަ އެވެ.

ބުދަދުވަހު ސުޕަކަޕްގެ ފައިނަލުގައި ޗެލްސީން ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ރޯލު ބަދަލުކޮށްލައި އެޑުއާޑް މެންޑީގެ ބަދަލުގައި ކެޕާ ވަނީ ޕެނަލްޓީ ޝޫޓްއައުޓަށް ކުޅެން އަރުވާފަ އެވެ. ހަކީމް ޒިޔެޗް ޗެލްސީއަށް ލީޑު ނަގައިދިން ނަމަވެސް ގެރާޑް މޮރީނޯ ވަނީ ވިޔަރެއާލަށް އެއްވަރުކޮށްދީފަ އެވެ. ނަމަވެސް ކުރީ ފަހަރާ ހިލާފަށް މިފަހަރު މޮޅުވީ ޗެލްސީ އެވެ.

އައިސާ މަންޑީއާއި ރައުލް އަލްބިއޯލްގެ ޕެނަލްޓީ މަތަކޮށް ކެޕާ މިވަނީ ސުޕަކަޕްގެ ހީރޯއަކަށް ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355