twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސްޕެނިޝް ލީގު އައިސް ޓީވީ އަށް!

މުޙައްމަދު އަހުމަދު
Aug 12, 2021

ޔޫރަޕުގެ އެންމެ ބޮޑު ލީގު ލަލީގާ ސަންޓަންޑާ މިމަހު 14 ވަނަ ދުވަހުން ފެށިގެންދާއިރު މީޑިއާނެޓުގެ ޗެނަލްތައް ކަމަށްވާ އައިސް ޓީވީ (ޗެނަލް 100) އާއި އައިސް ސްޕޯޓްސް (ޗެނަލް 102) އިން ބަލާލެވޭނެ އެވެ.

ހޮނިހިރު ދުވަހު 2022-2021 ވަނަ ސީޒަން ފެށޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ހަފަހަރުގެ ލީގު ޗެމްޕިއަންކަން ހާސިލުކުރި ވެލެންސިއާ އެފްސީ އާއި ގެޓާފޭ އެވެ. މިމެޗަކީ ވެލެންސިއާގެ އާ މެނޭޖަރު ހޯސޭ ބޯޑަލަސް ފާއިތުވި ފަސް ސީޒަނުގައި ކޯޗުކޮށްދިން ކުލަބާ ދެކޮޅަށް ނުކުންނަ މެޗެވެ.

މިސީޒަނުގައި އެންމެފަހުގެ ލީގު ޗެމްޕިއަން އެތްލެޓިކޯ މެޑްރިޑަށް ލަލީގާގެ ތަށި ދިފާއުކުރާކަށް ފަސޭހައެއް ނުވާނެ އެވެ. އަދި ފަސޭހަ ފެށުމަކަށް ވެސް ނުވާނެ އެވެ. އެޓީމުގެ ފުރަތަމަ މެޗުގައި 15 ވަނަ ދުވަހު ރޭގަނޑު 8.30 ގައި ނުކުންނާނީީ ވޭތުވެދިޔަ ސީޒަނުގެ 8 ވަނައިގައި އޮތް ސެލްޓަވީގޯއާ ދެކޮޅަށެވެ. އަދި ހަމައެދުވަހު ރޭގަނޑު 11 ޖަހާއިރު މެސީއާ ނުލާ ބާސާ ނުކުންނާނީ ރެއާލް ސޮސައިޑާޑްއާ ދެކޮޅަށެވެ.

އެތްލެޓިކޯ މެޑްރިޑާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑަކީ ވެސް މިފަހަރުގެ ސީޒަނުގެ ފޭވަރިޓުންނަށް ވެދާނެ އެވެ. ނަމަވެސް ދެންތިބި ކުލަބުތަކުން ހުވަފެން ދެކެމުން އަންނާނީ ލީގަށް އަންނަ ބަދަލުތަކުގެ ފައިދާ ނެގުމަށާއި ތައްޓަށް ކުރާ ވާދަބޮޑުކުރުމުގެ އުއްމީދު ވެސް އެކުލަބުތަކުން ކުރާނެ އެވެ.

ތަށިގެ ވާދައިގެ އިތުރަށް ރެލެގޭޓްވުމުން ސަލާމަތްވާން އަދި ޔޫރަޕުގެ ބޮޑެތި މުބާރާތްތަކަށް ކޮލިފައިވާން ކުރާ ވާދަވެސް ބޮޑުވެފައި ލީގު ވަރަށް ފޯރިގަދަވާނެ އެވެ.

މެޗުގެ ލައިވް ހަރަކާތްތައް މީޑިއާ ނެޓުގެ މަލްޓި ސްކްރީން ބޭނުންކޮށްގެން ފޯނުން، ލެޕްޓޮޕުން ނުވަތަ ޓެބްލެޓްތަކުން ކޮންމެ ވަގުތަކު ކޮންމެތާކުންވެސް ބަލައިލެވޭނެ އެވެ. އެންޑްރޮއިޑް ޔޫއެޗްޑީ ޓީވީ ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް އެމްއެސްޓީވީ މެދުވެރިކޮށް މެޗުތައް ބަލާލެވޭނެ އެވެ.

މަލްޓި ސްކްރީން އަދި އެމްއެސްޓީވީގައި ވެސް ރިމައިންޑާސް ސެޓްކޮށް ޕޯސް އަދި ޕްލޭ ވެސް ކުރެވޭނެ އެވެ.

މެޗުތަކުގެ އިތުރު މައުލޫމާތު ބީމެއިލްގެ ލައިވް އިވެންޓް މެދުވެރިކޮށް އަދި މީޑިއާނެޓުގެ ސޯޝަލް މީޑީއާ ޕުލެޓްފޯމުތަކުންވެސް ބަލާލެވޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355