twitterviber whatsapp telegramfacebookyoutube instagram
15th November 2026

74 އަހަރަށްފަހު އެނބުރި އައި ބުރެންޓްފޯޑުން އާސެނަލް ސިއްސުވާލައިފި

މުޙައްމަދު އަހުމަދު
Aug 14, 2021

އިނގިރޭސި އެންމެ ބޮޑު ލީގަށް 74 އަހަރުފަހުން އައިސް ސީޒަނުގެ ފުރަތަމަ މެޗުން ބުރެންޓްފޯޑްއިން އާސެނަލް ސިއްސުވާލައިފި އެވެ.

އަލަށް ޕުރޮމޯޓްވި ބުރެންޓްފޯޑުން އާސެނަލް ބަލިކުރުންވީ އާސެނަލަށް ހައިރާންކަން ގެނުވި ކަމަކަށެވެ. މިއީ 74 އަހަރަށްފަހު އެޓީމު ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ބުރެންޓްފޯޑް ކޮމިއުނިޓީ ސްޓޭޑިއަމްގައި ބުރެންޓްފޯޑުން އާސެނަލް ބަލިކުރީ 2 - 0 ންނެވެ.

އާސެނަލްގެ ސަޕޯޓަރުން ރޮއްވާލައި ބުރެންޓްފޯޑުން މިމެޗު ކާމިޔާބުކުރިއިރު މެޗުގެ ފުރަތަމަ ލަނޑު އެޓީމަށް ޖަހައިދިނީ ސާޖި ކެނޮސް އެވެ. މިލަނޑު ޖަހަން އުފެއްދި އެޓޭކުގެ ތެރެއިން ބޯޅަ ބޭރުވިކަމަށް އާސެނަލްގެ ކުޅުންތެރިންވަނީ ޝަކުވާކޮށްފަ އެވެ.

އޮބަމަޔާން އާއި ލަކަޒެޓޭ ނުލައި ކުޅުނު އާސެނަލް މިމެޗުން ހިތިގޮތަކަށް ބަލިވިއިރު މެޗުގައި ބުރެންޓްފޯޑަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 73 ވަނަ މިނެޓުގައި ކްރިސްޓިއަން ނޯގާޑެވެ.

މިމެޗުންވީ ބައްޔާއެކު އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293