twitterviber whatsapp telegramfacebookyoutube instagram
21st August 2025

ޗެމްޕިއަން ބަޔާނަށް ހަމަހަމަ ފެށުމެއް

މުޙައްމަދު އަހުމަދު
Aug 14, 2021

ބުންޑަސް ލީގާގެ އާ ސީޒަނުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ބޮރޫޝިއާ މޮންޗެންގްލަޑްބެކްއާ އެއްވަރުވެއްޖެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހާ ލީޑު ނެގީ މޮންޗެންގްލަޑްބެކުންނެވެ. އެޓީމުގެ ސްޓިންޑްލް ދިން ބޯޅައަކުން މިލަނޑު ޖަހައިދިނީ އަލެސާނާ ޕްލެއޭ އެވެ.

އެންމެފަހުން 9 ފަހަރުވެސް ބަޔާނުން ލީގު ކާމިޔާބުކުރިއިރު އެޓީމަށް ސީޒަނުގެ ފުރަތަމަ ގޯލު ނުޖެހިދިޔަ މިއީ ފުރަތަމަ ފަހަރެވެ.

ބަޔާނަށް މެޗުގެ ނަތީޖާ ހަމަކޮށްދިނީ މެޗުގެ ފުރަތަމަ ހާފު ނިމެން 3 މިނެޓަށް ވެފައި ވަނިކޮށް އެޓީމުގެ ޖޯޝުއާ ކިމިޗް ދިން ބޯޅައަކުން ރޮބާޓް ލެވަންޑޮސްކީ އެވެ.

ބަޔާންގެ އާ ކޯޗު ހޫލިއަން ނާގަލްސްމަންގެ ކޯޗުކަމުގައި ދަށުން އެޓީމު ބުންޑަސްލީގުގައި ކުޅުނު މީ ފުރަތަމަ މެޗެވެ. އެޓީމުން ދެން ކުޅޭ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ޖަރުމަނު ސުޕަ ކަޕްގައި ކުޅޭނީ ބޮރޫޝިއާ ޑޯޓްމަންޑާ ދެކޮޅަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355