twitterviber whatsapp telegramfacebookyoutube instagram
25th August 2026

ބްރެޒިލްއިން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފި

ނަބީލާ އިސްމާޢީލް
Aug 14, 2021

ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 15 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މިއަދު މެންދުރުފަހު ވައިގެ މަގުން ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަތުން 3.2 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށެވެ. އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އެ މީހާގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން އޭނާގެ ލަގެޖް ބަލާ ފާސްކުރުމުންނެވެ.

ލަގެޖް ފާސްކުރުމުން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ބާވަތުގެ އެއްޗެއް ފެނުމުން އެ ތަކެތި ޓެސްޓު ކުރިއިރު ކޮކެއިންއަށް ޕޮޒިޓިވްވެފައިވާކަމަށް ކަސްޓަމްސްއިން ބުންޏެވެ. އެ މީހާގެ އަތުން އަތުލައިގަނެވެނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15،985،000.00 (ފަނަރަ މިލިއަން ނުވަލައްކަ އަށްޑިހަފަސް ހާސް) ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްގެ ބުންޏެވެ. އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 3.197 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިކަމާއި ގުޅޭ އިތުރު ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މީހާއާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާކަމަށްވެސް ކަސްޓަމްސްއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355