twitterviber whatsapp telegramfacebookyoutube instagram
29th March 2026

ކޭންއާ ނުލައި ވެސް އެޓީމަށް ވާނެކަން ޓޮޓެންހަމުން ސާބިތުކޮށް ފެންވަރު ދައްކާލައިފި

މުޙައްމަދު އަހުމަދު
Aug 16, 2021

އިނގިރޭސި ގައުމީ ޓީމަށް ކުޅޭ ޓޮޓެންހަމްގެ ފޯވާޑް ހެރީ ކޭންއާއި ނުލައިވެސް އެޓީމަށް ވާނެ ހާމަކޮށް އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ 1 - 0 ން ބަލިކޮށްފި އެވެ.

ހެރީ ކޭން ވަނީ މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމް ދޫކޮށްލަން ބޭނުންވާ ކަން ހާމަކޮށްފަ އެވެ. އެހެންކަމުން މިިމެޗުގައި އޭނަ ނުކުޅުމަކީ އެކަމަށް ބާރުލިބޭ ކަމެކެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް އެންމެ ގަދައަށް ކުރަމުން އަންނަނީ ވެސް ސިޓީއިންނެވެ.

ރޭ ކުޅެވުނު މިމެޗުގައި މެޗުގެ ހަމައެކަނި ގޯލު މެޗުގެ ދެވަނަ ހާފު ފެށިގެން 10 މިނެޓުތެރޭ ކާމިޔާބުކޮށްދިނީ ޓޮޓެންހަމަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން މިން އެވެ. މިގޯލު އޭނާ ޖެހީ އޭރިއާ ބޭރު ރޮނގު ކައިރިންނެވެ. ތިރިތިރިން ފޮނުވާލި މިބޯޅަ މަތަކުރަން ސިޓީގެ ކީޕަރަކަށް ކުރެވުނު މާބޮޑު ކަމެއް ނެތެވެ.

މިމެޗުންވީ ބައްޔާއެކު ލަނޑެއް ނުޖެހި ޖައްސަ ޖައްސައިގެން ތިންމެޗުން ސިޓީ ބަލިވި މީ ފުރަތަމަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355