twitterviber whatsapp telegramfacebookyoutube instagram
20th June 2026

މެލޭޝިއާގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވައިފި

Aug 16, 2021

މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސިން އިސްތިއުފާދެއްވައިފި އެވެ.

އެ ގައުމުގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން އިސްތިއުފާ ދެއްވާފައިމިވަނީ ވެރިކަމާ ހަވާލުވެވަޑައިގަތްތާ 17 މަސް ފަހުން ނެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެން ކެބިނެޓް ވެސް އުވިގެންދާނެ އެވެ.

އެ ސަރުކާރުގައި ކޮވިޑް-19 ވެކްސިން ޕްރޮގްރާމްގައި އިސްކޮށް ހުންނެވި ސައިންސް މިނިސްޓަރު ޚައިރީ ޖަމާލުއްދީން ވިދާޅުވި ގޮތުގައި ކެބިނެޓުގެ އިސްތިއުފާ މިއަދު ވަނީ ރަސްގެފާނަށް ހުށަހަޅާފައެވެ. އަދި މެލޭޝިއާގެ ޝާހީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ވަނީ ކޮވިޑް-19 ބަލިމަޑުކަމާ ހެދި މިވަގުތު އިންތިހާބެއް ބޭއްވެން ނެތުމުން ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި މުހްޔިއްދީން ހުންނަވާނެ ކަމަށް ބުނެފައެވެ.

މެލޭޝިޔާގައި ސިޔާސީ ދެބަސްވުންތައް ބޮޑުވުމުން މުހްޔިއްދީންވަނީ އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް ބޭވުންވެސް މެދުކަނޑާލައިފައެވެ. އެ ގޮތުން ޤާނޫނުހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާޅާފައިވަނީ މުޙްޔިއްދީންނާ ދެކޮޅަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް މަސައްކަތްކުރުމުންނެވެ.

2020ވަނަ އަހަރުގެ މާރިޗު މަހުގެ 1ވަނަ ދުވަހު ޢުމުރުފުޅުން 74 އަހަރުގެ މުޙްޔިއްދީން މެލޭޝިޔާގެ ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތީ އެ މަޤާމުގައި ހުންނެވި މަޙާތިރު މުޙައްމަދު އިސްތިޢުފާދެއްވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355