twitterviber whatsapp telegramfacebookyoutube instagram
16th October 2025

ޑޯޓުމަންޑް ބަލިކޮށް 6 ވަނަ ފަހަރަށް ބަޔާނުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި

މުޙައްމަދު އަހުމަދު
Aug 18, 2021

ބޮރޫޝިއާ ޑޯޓުމަންޑް ބަލިކޮށް 6 ވަނަ ފަހަރަށް ބަޔާން މިއުނިކުން ޖަރުމަނު ސުޕަ ކަޕް ކާމިޔާބުކޮށްފި އެވެ.

މީގެކުރިން ދެޓީމުން ވެސް ވަނީ 5 ފަހަރު މިމުބާރާތް ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މިފަހަރުގެ މޮޅާއެކު އެންމެ ގިނައިން ކާމިޔާބުކުރި ޓީމަކަށް ބަޔާން މިއުނިކް މިވަނީ ވެފަ އެވެ.

3 - 1 ން ބަޔާނުން މިމެޗު ކާމިޔާބުކުރިއިރު އެޓީމުގެ ކުޅަދާނަ ފޯވާޑް ރޮބާޓޯ ލެވަންޑޯސްކީ ވަނީ ދެލަނޑު ޖަހާފަ އެވެ. މިލަނޑުތައް ލެވަންޑޯސްކީ ކާމިޔާބުކޮށްދިނީ މެޗުގެ 41 ވަނަ މިނެޓު އަދި 74 ވަނަ މިނެޓުގަ އެވެ. އަދި އެޓީމުގެ އަނެއް ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ޖަހައިދިނީ ތޯމަސް މުލާ އެވެ.

ޑޯޓުމަންޑްގެ ހަމައެކަނި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާކޯ ރެއުސް އެވެ.

ޖަރުމަނު ސުޕަ ކަޕަކީ ބުންޑަސް ލީގާގެ ޗެމްޕިއަނުންނާއި ޑީއެފްބީ ޕޯކަލްގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މެޗެކެވެ. ބަޔާނުން ވަނީ ޖައްސަ ޖައްސައިގެން ރެކޯޑް އަދަދެއް ކަމަށްވާ ނުވަފަހަރަށް ބުންޑަސް ލީގާ ކާމިޔާބުކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355