twitterviber whatsapp telegramfacebookyoutube instagram
15th November 2026

އޮޑެގާޑާ ރަމްސްޑޭލް އާސެނަލަށް ސޮއިކޮށްފި

މުޙައްމަދު އަހުމަދު
Aug 21, 2021

ނޯވޭއަށް ކުޅޭ ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް އަދި ޝެފީލްޑް ޔުނައިޓެޑް އަށް ކުޅޭ ގޯލްކީޕަރު އާރޮން ރަމްސްޑޭލް އާސެނަލަށް ސޮއިކޮށްފި އެވެ.

އުމުރުން 23 އަހަރުގެ ރަމްސްޑޭލް އަގަކީ 24 މިލިއަން ޕައުންޑާއި ބޯނަސް 6 މިލިއަން ޕައުންޑެވެ. ރަމްސްޑޭލާ އޮޑެގާޑް އާސެނަލާ ގުޅުނީ 4 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިއީ އާސެނަލުން މިފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުރި 4 އަދި 5 ވަނަ ޓްރާންސްފާ އެވެ. މީގެ ކުރިން އެޓީމުން ގެނެސްފައިވަނީ ބެން ވައިޓާ، އަލްބާޓް ސަމްބި ލޮކޮންގާ އަދި ނޫނޯ ޓަވަރޭސް އެވެ.

އޮޑެގާޑާ ބެހޭގޮތުން ވާހަކަދައްކަމުން އާސެނަލްގެ މެނޭޖަރު މިކެލް އާޓެޓާ ބުނީ އޭނާ އަކީ އަދި ވަރަށް ޒުވާން ކުޅުންތެރިއެއް ނަމަވެސް ވަރަށް ތަޖުރިބާ ބޮޑު ކަމަށާއި އަހަރެމެން ކުޅެން ބޭނުންވާ ގޮތަށް ކުޅުމުގެ ހުނަރު އެބަހުރި ކަމަށާއި ކުލަބުން އޭނާ ގެންނަން ކުރި މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.

އާސެނަލުގައި އޮޑެގާޑް ލާނީ ޖާޒީ ނަމްބަރު 8 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293